ސޯމާލިއާ ތިން މީހުން އިމިގްރޭޝަނާ ހަވާލުކޮށްފި

ނ އަތޮޅު ވާވައްޗަށް ޑިންގީއެއްގައި ލެއްގި ސޯމާލިޔާ މީހުން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަަމަށް ފުލުހުން ހާމަކޮށްފިއެވެ.
ޑިންގީއެއްގައި ވާވައްޗަށް ލައްގާފައިވަނީ ސޯމާލިއާ ތިން މީހުންނެވެ. އެ ރަށަކީ ސަރުކާރުން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށެކެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ އެ ހުންނަކީ ކަނޑުމަތީގައި ހާލުގައި ޖެހި ބެހިގެން އާދެވުނު ބައެއްކަން ބެލި ބެލުމުން އެނގިފައިވާ ކަމަށެވެ.
އެ ދުވަހު ފުލުހުން ވަނީ އެ މީހުން ހޮޅުދޫ އަށް ގެންގޮސް ކައުންސިލުގެ އެހީތެރިކަމާއެކު ވަގުތީ ގޮތުން އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.
ފުލުހުން މިއަދު ވިދާޅުވީ, އެ މީހުން މާލެ ގެނެސް, ހުޅުމާލޭގައި ހުންނަ ކަރެކްޝަންސްއާ ހަވާލުކޮށްފައިވާ ކަމަށެވެ.