Thursday, 5 November 2026
Advertisement
Ooredoo — Airfibre (leaderboard)
ކުޅިވަރު

އިންގްލެންޑުގެ ބަލިފައިތައް އެނގޭ ޓީމެއްގެ ގޮތުގައި ބަލިކުރެވޭނެ: ސްލޮވާކިއާ ކޯޗު

އިންގްލެންޑުގެ ބަލިފައިތައް އެނގޭ ޓީމެއްގެ ގޮތުގައި ބަލިކުރެވޭނެ: ސްލޮވާކިއާ ކޯޗު
ސްލޮވާކިއާ ޓީމުން މިރޭގެ މެޗަށް ނިކުންނަނީ އިންގްލެންޑުގެ ބަލިފައިތައް އެނގިގެންކަމަށާއި، ޓީމެއްގެ ގޮތުގައި ކުޅެ އެ ޓީމު ބަލި ކުރެވޭނެކަމަށް ސްލޮވާކިއާގެ ކޯޗު ފްރެންޗެސްކޯ ކަލްޒޯނާ ބުނެފިއެވެ. ގްރޫޕް ސްޓޭޖުގެ ކުޅުން ނިމި ދެވަނަ ބުރުގައި މިރޭ ސްލޮވާކިއާއިން އިންގްލެންޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ކަލްޒޯނާ ބުނީ އިންގްލެންޑަކީ ސްލޮވާކިއާއަށް ވުރެ 10 ގުނަ މޮޅު ޓީމެއްކަމަށެވެ. އެހެންނަމަވެސް އެ ޓީމުގެ ކުޅުންތެރިންނަށް 100 ޕަސެންޓު އިތުބާރު ކުރާކަމަށައި، އެ ކުޅުންތެރިންނަކީ ކުޅުމަަށް ފޯކަސްހުރި ޕްރޮފެޝަނަލް ކުޅުންތެރިންކަމަށް ކޯޗު ބުންޏެވެ.
އިންގްލެންޑު ޓީމުގެ އަގަކީ 1.5 ބިލިއަން، އަހަރުމެންގެ ކުޅުންތެރިންގެ އަގަކީ 150 މިލިއަން. އެހެންވުމުން އެ މީހުންނަކީ އަހަރުމެންނަށް ވުރެ މާ ވަރުގަދަ ކުޅުންތެރިން: ކަލްޒޯނާ
އޭނާ ބުނީ އިންގްލެންޑުގެ ކޮންމެ ކުޅުންތެރިއަކީ ތަފާތު މޮޅު ކުޅުންތެރިއެއްކަމަށެވެ. އެ ޓީމުގެ ކޮންމެ ކުޅުންތެރިއެއްގެ ގައިގައި ކޮންމެ ސިކުންތަކުމެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ހުންނާނެކަމަށް ކަލްޒޯނާ ބުންޏެވެ. އެ ޓީމުގެ ކުޅުންތެރިން ކިތަންމެ މޮޅު ނަމަވެސް މި މުބާރާތުގައި އެ ޓީމުގެ އަސްލު ފެންވަރު އަދި ނުފެންނަ ކަމަށާއި، އެ ޓީމު ބަލިނުކުރެވޭ ޓީމަކަށްވާނީ ޓީމެއްގެ ގޮތުގައި ކުޅެން ފެށުމުންކަމަޑް ވެސް ކަލްޒޯނާ ބުންޏެވެ. މިރޭ ރާއްޖެ ގަޑިން 9:00 ގައި އިންގްލެންޑާއި ދެކޮޅަށް ސްލޮވާކިއާ ދެވަނަ ބުރުގަައި ނިކުންނާނެއެވެ. އެ މެޗުން މޮޅުވާ ޓީމެއް ކުއާޓާ ފައިނަލުގައި ބައްދަލުކުރަން ޖެހޭނީ މުބާރާތް ބާއްވާ ގައުމު ޖާމަނީއާއެވެ. އެ ޓީމު ވަނީ ރޭ ދެވަނަ ބުރުގައި ޑެންމާކު 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް