ކުޅިވަރު ފުޓްބޯޅަ

އަހަރުމެންނަށް ޔޫރޯ ލިބުން ފަދަ، މެޗަށް ނިކުންނާނީ އިތުބާރާއެކު: ޖޯޖިއާ ކޯޗު

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ޔޫރޯ މުބާރާތަށް ޖޯޖިއާއިން ނިކުތް ޓާގެޓު ހާސިލުކުރެވިފައިވާކަމަށާއި، މިހާރު އެ ޓީމަށް ޔީރޯ ކާމިޔާބުކުރެވުނު ފަދަ ކަމަށް އެ ޓީމުގެ ކޯޗު ވިލީ ސަންޔޯލް ބުނެފިއެވެ.

Ads by MWSC

ޔީރޯ 2024 ގެ ގްރޫޕް ސްޓޭޖުގެ ކުޅުން ނިމު ގަދަ 16 އަށް ދަތުރުކުރި ޓީމުގެ މެދުގައި ކުޅޭ ނޮކްއައުޓް ބުރުގައި މިރޭ ސްޕެއިންނާ ދެކޮޅަށް ޖޯޖިއާއިން ނިކުންނަ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ސަންޔޯލް ބުނީ އެ ޓީމަށް އެއްވެސް ޕްރެޝަރެއް ނެތްކަމަށެވެ.

ސަންޔޯލް ބުނީ އޭނާ ގަބޫލުކުރާ ގޮތުގައި މިއަހަރު ޔޫރޯގެ ޗެމްޕިއަނުންނަކީ އެ މީހުންކަމަށް އޭނާ ގަބޫލުކުރާކަމަށެވެ.

މުޅިން އަލަށް ޔޫރޯއަށް ކޮލިފަައިވި ޖޯޖިއާ ދެވަނަ ބުރަށް ގޮސްފާނެކަމަށް އެއްވެސް ބަޔަކު އުންމީދެއް ނުކުރެއެވެ. ވަކިން ހާއްސަކޮށް ޔޫރޯ ކާމިޔާބުކުރި ޕޯޗުގަލް ބަލިކުރުމަށްފަހު ދެވަނަ ބުރުން ޖާގައެއް ހޯދިދާނެކަމަށް އެ ގައުމުގެ ސަޕޯޓަރުން ވެސް އުންމީދެއް ނުކުރެއެވެ.

ނަމަވެސް ޕޯޗުގަލް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު ޖޯޖިއާ ދެވަނަ ބުރަށް ދިޔައީ ތިންވަނައަށްދިޔަ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނު އެއް ޓީމުގެ ގޮތުގައެވެ.

އެހެންކަމުން މިރޭ ރާއްޖެ ގަޑިން 12:00 ގައި ސްޕެއިންއާ ދެކޮޅަށް ނޮކްއައުޓް ބުރުގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ އެ ޓީމު ކުއާޓަ ފައިނަލުގަައި ވާދަކުރަންޖެހޭނީ މުބާރާތް ބާއްވާ ގައުމު ޖާމަނީއާއެވެ. އެ ޓީމުވަނީ ރޭ ދެވަަނަ ބުރުގަައި 2-0 ގެ ނަތީޖާއަކުން ޑެންމާކުބަލިކޮށްފައެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!