Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޝަރުޢީ ދާއިރާ

އަހުސަންގެ މަރު: ޝަހުމް މެރުމަށް ހުކުމް ކޮށްފި

އަހުސަންގެ މަރު: ޝަހުމް މެރުމަށް ހުކުމް ކޮށްފި

ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރު މަރައިލި މައްސަލައާ ގުޅިގެން އޭނާއަށް ހަމަލާދިން ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް މެރުމަށާއި އެކަމުގައި އެހީވި މއ. ވީނަސްތަރި ހަސަން ޝިމާޒް މުހައްމަދު ސުވާދު 15 އަހަރަށް ޖަލަށްލާން ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ތޫނު އެއްޗަކުން ހަމަލާ ދީ އަހުސަން މަރައިލީ، މަޖީދީމަގާއި އަލިކިލޭގެފާނު މަގާ ގުޅުނު ހިސާބުގައި، 2011 ވަނަ އަހަރުގައެވެ.

މި މައްސަލައިގައި ޝަހުމްއާއި ޝިމާޒްގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން 2014ވަނަ އަހަރު ކަނޑައަޅައިފައި ވަނިކޮށް، ހައި ކޯޓުން މިދިޔަ ހަފްތާގައި ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

ޝަހުމްއާއި ޝިމާޒްގެ މައްޗަށް މި މައްސަލައިގައި ތުހުމަތު ކުރެވުނީ، މަރުވުމުގެ ކުރިން އަހުސަނު އެ ދެ މީހުންނާ ދެކޮޅަށް ހެކިބަސް ދިނުމުންނެވެ. އެގޮތުން އަހުސަން ހެކިބަސް ދީފައި ވަނީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މިއީ މަރުމަތީގައި އޮވެ ރާއްޖޭގައި މީހަކު ހެކިބަސް ދިން ފުރަތަމަ ފަހަރެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް