Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
އެޑްވަޓޯރިއަލް

އުރީދޫ ފަން ރަން - މަޖިލިސް ރައީސް އަދި ވަޒީރުންނާ އެކު ކުރިއަށް

އުރީދޫ ފަން ރަން - މަޖިލިސް ރައީސް އަދި ވަޒީރުންނާ އެކު ކުރިއަށް

އުރީދޫ މޯލްޑިވްސްގެ ފަރާތުން ބާއްވަމުން އަންނަ އެންމެ އުފާވެރި ދުވުން، "ފަން ރަން - ލާމު" އެޑިޝަން ޖޭ-ޖޭ އޮކޯޗާ އާއި މަޖިލިސް ރައީސް އަދި ސަރުކާރުގެ ބައެއް ވަޒީރުންނާ އެކު ފަށައިފި އެވެ.

އުރީދޫ ފަން ރަން - ލާމުގައި އެ ކުންފުނީގެ ދައުވަތަކަށް ރާއްޖެ ޒިޔާރަތްކުރި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) ގެ ކުރީގެ ތަރި އަދި ނައިޖީރިއާގެ ގައުމީ ޓީމުގެ އައިކަން ފުޓުބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާ އާއެކު ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓަރު އަބްދުﷲ ރާފިއު ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ.

މި ދުވުމުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ލ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އާއި ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އަދި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވެސް ބައިވެރިވެ ވަޑައިގެންނެވި ކަމަށް އުރީދޫން ބުނެ އެވެ.

Advertisement
HDC — Sidebar (box)

ލ. ގަން މުކުރިމަގު ޖެޓީ ސަރަހައްދުން ފެށި މި ދުވުން ނިންމުމަށް ހަމަޖެހިފައި ވަނީ ދުވުން ފެށި ސަރަހައްދު، މުކުރިމަގު ޖެޓީއަށެވެ.

<img class="alignnone wp-image-230173 size-large" src="https://cdn.dhen.mv/wp-content/uploads/2024/07/SAVE_20240705_174434-1024x682.jpg" alt="" width="1024" height="682" />

އުރީދޫން ބުނެފައި ވަނީ މިއީ މި އަހަރު ލާމު އަތޮޅުގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ މަޖާ ހަރަކާތަށް ވާނެ ކަމަށެވެ. ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވެވޭއިރު، ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް ދުވާ ފަރާތްތަކަށާއި އާންމުކޮށް ދުވާ ފަރާތްތަކުން ވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއް ކަމަށް އުރީދޫން ބުނެ އެވެ. އުރީދޫން ބުނި ގޮތުގައި ފަން ރަންގެ އަމާޒަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުން ކަމުގަ އެވެ.

އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުގައި ކުލައިގެ އިތުރުން ފެން އަދި މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެ އެވެ. އެއިން ކޮންމެ ސްޓޭޝަނެއްގެ ކައިރީގައި ފަސްޓް-އެއިޑްގެ ހިދުމަތް ލިބެން ހުންނާނެ އެވެ. މިއީ ވަކި ވަގުތެއްގެ ތެރޭގައި ނިންމަން ޖެހޭ ރޭހަކަށް ނުވާތީ ހިނގާފައި، ޖޮގްކޮށްފައި، ދުވެފައި ނޫނީ ނަށަމުން ވެސް މި ދުވުން ނިންމެ އެވެ.

އުރީދޫ ފަން ރަންއަކީ ކޮންމެ އަހަރަކު އެ ކުންފުނިން ބާއްވަމުން އަންނަ ހަރަކާތްތަކުގެ ތެރެއިން އާންމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި 5،000 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައި ކަމަށް އުރީދޫން ބުނެ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް