ޚަބަރު ޝަރުޢީ ދާއިރާ

'ވާނުވާ' މައްސަލަ ހައްލުކުރަން ނިޒާމު އިސްލާހުކުރަންޖެހޭ: ސުއޫދު

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ޖޭއ
ޖޭއެސްސީގެ ބޭފުޅުން މަޖިލީހުގެ ކޮމިޓީީގައި

އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނެވޭނީ  ޝަރުއީ ނިޒާމު އިސްލާހުކޮށްގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

އޭނާ މިގޮތަށް ވިދާޅުވީ، ކްރިމިނަލް ކޯޓު ހިންގަމުން ގެންދިޔަ ޢިމާރާތާގުޅޭގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންއާއި ކްރިމިނަލް ކޯޓުން މަޖިލީހަށް ފޮނުވާފައިވާ ސިޓީތަކާ ގުޅޭގޮތުން، ޖުޑީޝިއަރީ ކޮމިޓީއިން ކަމާގުޅުންހުރި ފަރާތްތަކާއި އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

އުއްތަމަފަނޑިޔާރު ފިޔަވައި ސުޕްރީމްކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެކޯޓުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިންތިހާބު ކޮށްފައިވާ ފަނޑިޔާރު ސުއޫދު ވިދާޅުވީ، ޝަރީއަތްތައް ހިންގުމަށާއިި ކޯޓުގެ މަސައްކަތްތައް ކުރުމަށް ޖާގަ ނުވަތަ އިމާރާތެއް ހަމަޖެހުމުންނާއި މުވައްޒަފުން އިތުރުވުމުން 'ވާާނުވާ' ގެ މައްސަލައަށް ފުދޭވަރެއްގެ ބޮޑު ހައްލެއް އަންނާނެ ކަަމަށެވެ. އެކަމަކު އެއީ މުޅި މައްސަލަ އަށް ހައްލެއް ނޫން ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ މައްސަލައަށް ޖުމްލަ ހައްލެއް ގެނެވޭނެ އެއް ގޮތަކީ ސުއޫދު ގަބޫލުކުރައްވާ ގޮތުގައި، މެދުނުކެނޑި ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ހަމަޖެއްސުމެވެ.

" މިސާލަކަށް މިއަދު ޝަރީއަތެއް އޮވެއްޖިއްޔާ އެ މައްސަލައިގެ ޝަރީއަތެއް މީގެ 6 މަސް ދުވަސް ފަހުން އޮވެދާނެ. އެކަމަކު އޭގެ ބަދަލުގައި ކޮންޓިނުއަސް ޓްރަޔަލް އެއް އޮންނަ ކަހަލަ ގޮތަކަށް އަޅުގަނޑުމެންނަށް ބަދަލު ކުރެވިއްޖިއްޔާ ހާއްސަކޮށް ބޮޑެތި މައްސަލަތަކުގައި، ވާނުވާ ގިނަވެފަ މިތިބެނީ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން. މާރާމާރީއާއި މަރުގެ މައްސަލަތަކާއި ކުޑަކުދިންނާ ބެހުމުގެ މައްސަލަތައް، މި ބާވަތުގެ މައްސަލަތަކުގައި މީހުން އެތިބެނީ އާއްމުކޮށް ވާނުވާގައި". ސުއޫދު ވިދާޅުވި އެވެ.

އެހެންމަ އެ މައްސަލަތަކަކީ ކޮންޓިނުއަސް ޓްރަޔަލްއަކަށް ލެވިގެން ތިން ދުވަހު ޖެހިޖެހިގެން ޝަރީއަތްތައް ހިންގޭ ކަމަށް ވަންޏާ އެ މައްސަލަ ހައްލުވެގެން މިވަގުތު އަންނާނެ."

ދެވަނަ ބަދަލެއް ގޮތަަށް އޭނާ ހުށަހެޅުއްވީ، ކޯޓުތަކާ ބެހޭ ގާނުނު އިސްލާހުކުރުމެވެ. އޭނާ ވިދާޅުވީ ކްރިމިނަލް ކޯޓުގެ ކޮންމެ ގާޒީއަކަށް މައްސަލަތައް ބެލުމުގައި އެހީތެރިއެއްގެ ގޮތަށް މެޖިސްޓްރޭޓް ލެވެލްގެ މެޖިސްޓްރޭޓަކު މަސައްކަތް ކުރާނަމަ، ޝަރީއަތްތަކުގެ ސްޕީޑު މިހާރަށް ވުރެ އަވަސް ކުރެވޭނެ ކަމަށެވެ.

"ގާޒީއާއި ގާޒީގެ އެހީތެރިއަކާ ތިބެގެން މަސައްކަތް ކުރެވިއްޖިއްޔާ މައްސަލަ ބަލާއިރު އިބްތިދާއީ މަރުހަލާގައި ކުރަަން ޖެހޭ މަސައްކަތްތައް އެސިސްޓެންޓް ނުވަތަ މެޖިސްޓްރޭޓް ލެވެލްގެ ޖަޖެއް މިކަން ކުރައްވާ ކަމަށް ވެއްޖިއްޔާ ދެން އެ ޓްރަޔަލް ހޭންޑްލް ކުރައްވާނީ އެ މައްސަލަ ބައްލަވާ އަސްލު ގާޒީ. އެހެންމަ އެގޮތަށް ސްޓްރަކްޗާ ބަދަލު ކުރެވިއްޖިއްޔާ އަޅުގަނޑަށް ހީވަނީ މިހާރު ހުރި ލަަސްކަން އަވަސް ކުރެވޭނެހެން" ސުއޫދު ވިދާޅުވި އެވެ.

ޖަލަށްލައި، އަދަބު ދެވޭ ނިސްބަތް މަޑުކޮށް، އެކިއެކި ކުށްތަކުގައި ތަހުގީގުގައި 'ވާނުވާ'ގައި ތިބޭ ތިބުން ނިމުމަކަށް ގެނައުމަށްޓަކައި މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރުގައި ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިއަހަރުގެ ރިޔާސީ ބަޔާން ދެއްވަމުން ވިދާޅުވެފަ އެވެ. މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ވެސް ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި މީހަކާމެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރަށް ކަން ހައްދަވާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!