Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކަރަންޓު ކޭބަލް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް

ކަރަންޓު ކޭބަލް ވަގަށް ނެގި މީހާގެ ބަންދަށް 15 ދުވަސް

މާލޭ މަޖީދިއްޔާ ސްކޫލު ސަރަހައްދުގައި ސްޓެލްކޯގެ ޓްރާންސްފޯމަރެއްގެ ކޭބަލެއް ބުރިކޮށް ވަގަށް ގެންދިޔަ މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ކޭބަލް ވަގަށް ނެގުމުން މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުވެސް ކެނޑުނެވެ. އެ މައްސަލައިގެ އަޕްޑޭޓް ހިއްސާކުރަމުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރި 32 އަހަރުގެ ދިވެހި ފިރިހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަސް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށެވެ.

ވަގަށް ކަރަންޓު ކޭބަލް ނަގާ މައްސަލާގައި ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވީ އެއީ އެކަން ކުރާ ފަރާތްތަކަށް އިންތިހާއަށް ނުރައްކާއޮތް ކަމަކަށް ވާއިރު، އަދި އޭގެ ސަބަބުން ސްޓެލްކޯއަށް ލިބޭ ގެއްލުމުގެ އިތުރުން އާންމު ރައްޔިތުން ކަރަންޓުގެ ހިދުމަތުން މަހުރޫމްވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެކަން ކުރާ ފަރާތްތަކަށް ހިތްވަރަކަށް ވާގޮތަށް، ވަގަށް ނަގާފައިވާ އެފަދަ ތަކެތި ގަންނަ ފަރާތްތައް ހޯދައި ގާނޫނީ ގޮތުން އެފަދަ ފަރާތްތަކާއި މެދު އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް ކަމާއި ބެހޭ ފަރާތްތަކުން އެޅުމަށް ފަހުމީ ވަނީ އެދިވަޑައިގެންފަ އެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް