Tuesday, 3 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރަސްމީ ދަތުރެއްގައި ސައީދު އެމެރިކާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރެއްގައި ސައީދު އެމެރިކާއަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ފުރާވަޑައިގެންފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ 'އެކްސް' އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މިނިސްޓަރު ސައީދުގެ ދަތުރުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރުން ކަމަށެވެ.

މި ދަތުރުގައި އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވްއިންނާ އެމެރިކާގެ ޗެމްބާ އޮފް ކޮމާސްގެ މެންބަރުންނާ ސައީދު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

Advertisement
Allied — Dhen Online (box)

އަދި ސަރުކާރުގެ އެހެނިހެން އިދާރާތަކުގެ ބޭފުޅުންނާވެސް ސައީދު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ދާދި ފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް