ރާއްޖޭގައި ހުރި ފުރުސަތުތައް އެމެރިކާ އިންވެސްޓަރުންނާ ހިއްސާކޮށްފި

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެ ގައުމުގެ ވިޔަފާރި ވެރިންނާ ބައްދަލުކުރައްވައި ރާއްޖޭގައި އިންވެސްޓުކުރަން ކުރި ފުރުސަތުތައް ހިއްސާކުރައްވައިފި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ބައްދަލުވުމަކީ ދުނިޔޭގެ އެންމެ ބިޔަ ބިޒްނަޒް އޯގަނައިޒޭޝަން، ޔޫއެސް ޗެމްބާ އޮފް ކޮމާސްއިން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.
ކޯޕަރޭޓް ސެކްޓާގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެ "އިންވެސްޓްމެންޓް ރައުންޑް ޓޭބަލް" ގައި ރާއްޖޭގައި އިންވެސްޓްކުރަން ހުރި ފުރުސަތުތައް އެމެރިކާގެ ވިޔަފާރިވެރިންނާ ހިއްސާކޮށްފައިވާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އެކަމުގެ އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެ އެވެ.
ސައީދު، އެމެރިކާއަށް ވަޑައިގެންނެވީ ދަތުރުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއާއި އިންވެސްޓްމަންޓްގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރުމަށެވެ.
ދާދި ފަހުން ފޮރިން މިނިސްޓަރު މޫސާ ޒަމީރުވެސް ވަނީ އެމެރިކާއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.