Tuesday, 3 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ކާނާ ވިހަވި މައްސަލަ ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި

ކާނާ ވިހަވި މައްސަލަ ތަހުގީގުކުރަން އެމްޑީޕީން ގޮވާލައިފި

އައްޑޫ ސިޓީގައި ހުންނަ ޕޮލިސް ކޮލެޖުގެ ދަރިވަރުންތަކެއް ކާނާ ވިހަވި މައްސަލަ ތަހުގީގުކުރަން އިދިކޮޅު މައި ޕާޓީ އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.

ރޭ، ޕޮލިސް ކޮލެޖުގެ 32 ދަރިވަރަކު ކުއްލިއަކަށް ހާލު ދެރަވެގެން ހޮސްޕިޓަލުގައި އެނދުމަތިކުރި އެވެ. މި ދަރިވަރުންގެ ހާލު ދެރަވީ، ބެލެވޭ ގޮތުގައި ކާނާ ވިހަވެގެން ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ރަސްމީ އެކައުންޓުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ކާނާ ވިހަވި ދަރިވަރުންނަށް އަވަސް ޝިފާއަކަށް އެދިފަ އެވެ.

Advertisement
Allied Insurance — Square (box)

އަދި އެފަދަ ހިތާމަވެރި ހާދިސާއެއް ތަކުރާރުނުވުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށް ޝާހިދު ގޮވާލި އެވެ.

"މިފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް މިހާދިސާގެ މިނިވަން ތަހުގީގެއް ހެދުމަށް ގޮވާލަން" ޝާހިދުގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ކާނާ ވިހަވި މައްސަލަ ސީރިޔަސް މައްސަލައެއްގެ ގޮތުގައި ބަލައި, ކަން ހިނގާދިޔަގޮތް ތަހުގީގުކުރުމަށް  ކަމާބެހޭ އިދާރާތަކަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިންވެސް ވަނީ ގޮވާލާފަ އެވެ.

ފުލުހުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތުތައް ބުނާ ކާނާ ވިހަވި ފަސް ދަރިވަރަކު އައިސީޔޫގައި ފަރުވާ ދެމުންދާއިރު އެކަކުގެ ހާލު ވަރަށް ސީރިއަސް އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް