Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޝަރުޢީ ދާއިރާ

މަހަކު 40,500ރ ދޭ ގޮތަށް ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ

މަހަކު 40,500ރ ދޭ ގޮތަށް ބާ ކައުންސިލަށް އެސްޖީއަކު ހޯދަނީ
ވަކީލުންގެ ކަންކަން ރެގިއުލޭޓްކުރަން ގާނޫނީ ގޮތުން ޒިންމާ މަތިކޮށްފައިވާ ބާ ކައުންސިލަށް ސެކެރެޓަރީ ޖެނެރަލް (އެސްޖީ) އަކު ހޯދަން އިއުލާނުކޮށްފި އެވެ. ބާ ކައުންސިލުން ސަރުކާރުގެ ގެޒެޓުގައި އިއްޔެ ޝާއިއުކުރި އިއުލާނުގައިވާ ގޮތުން އެސްޖީއަކު ހޯދަނީ އެއް އަހަރު ދުވަހުގެ މުއްދަތަށެވެ. މަސައްކަތުގެ ފެންވަރަށް ބަލައި މުއްދަތު އިތުރުކުރެވިދާނެ ކަމަށް އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ. އެސްޖީގެ މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 40،500 ރުފިޔާ އެވެ. މިއީ ޓޭކް ހޯމް ނުވަތަ ފިކްސްޑް އަދަދެކެވެ. އެސްޖީ ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތުތައް:
  • ގާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާ އެކު، ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހަތް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
  • ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭފަދަ މައްސަލައެއް ޝަރުއީ ކޯޓަކަށް ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
  • ގާނޫނީ ގޮތުން ބަނގުރޫޓުވެފައިވާ މީހެއް ކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
އެސްޖީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެނީ ބާ ކައުންސިލުގެ އެންމެހާ އިދާރީ މަސްއޫލިއްޔަތުތައް އުފުލައި، މަސައްކަތްތަކާ ގުޅޭގޮތުން ދުވަހުން ދުވަހަށް ހިންގަން ޖެހޭ ކަންތައްތައް ހިންގުމާއި ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ ބައްދަލުވުންތަކުގެ އިދާރީ ކަންކަން ބެލެހެއްޓުމުގެ އިތުރުން ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީން ނިންމާ ނިންމުންތައް ތަންފީޒު ކުރުމެވެ. އެސްޖީ ކަމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 28 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހަޅަން ޖެހޭ ލިޔެކިޔުންތަކާ އެކު އެ ކައުންސިލަށް މެއިލް ކުރުމަށް ބާ ކައުންސިލުން އެދެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް