ޚަބަރު

ބިލެތްދޫ ކަައުންސިލް ރައީސް އާއި ކުޅުދުއްފުށި ބައި-އިލެކްޝަންވެސް ކޮންގްެރެސް އަށް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން

ފ. ބިލެތްދޫ ކައުންސިލްގެ ރައީސާއި ހދ. ކުޅުދުއްފުށި ކައުންސިލަށް މެމްބަރަކު އައްޔަނުކުރުމަށް ބޭއްވި ބައި އިލެކްޝަން، ވެރިކަން ކުރާ ކޮންގްރެސް ޕާޓީން ކާމިޔާބުކޮށްފި އެވެ.

Ads by MWSC

މިއަދު ހެނދުނު 8 އިން 4 އަށް ބޭއްވި މި ބައި އިލެކްޝަންގައި މި ދެ ގޮނޑި ކޮންގްރެސް ޕާޓީން ކާމިޔާބުކުރީ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާ ވާދަކޮށްގެން ނެވެ.

ބިލެތްދޫ ކައުންސިލް ރައީސްގެ މަގާމަށް އިންތިހާބުވީ ސަރުކާރުގެ ކެންޑިޑޭޓް އަރީހު އިސްމާއީލް އެވެ. އޭނާ އެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ޝާމިލް މާހިރާ ވާދަކުރައްވައިގެން ނެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކައުންސިލް ގޮނޑި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް ކާމިޔާބު ކުރެއްވީ 445 ވޯޓާ އެކު އެވެ. އޭނާއާ ވާދަވެރި އެމްޑީޕީގެ ކެންޑިޑޭޓް ޝަމްނޫޒު މުހައްމަދު ނައީމަށް ލިބުނީ 185 ވޯޓެވެ.

މި ދެ ބައި އިލެކްޝަންގެ އިތުރުން މާލެ ސިޓީީ ކައުންސިލްގެ ތިން މެމްބަރުންނާއި، ރަސްމާދޫ ކައުންސިލްގެ އަންހެން މެމްބަރު ހޮވުމަށް ވެސް ބައި އިލެކްޝަން ބާއްވާފައި ވެއެވެ. އޭގެ ތެރެއިން މާލެ ސިޓީ ކައުންސިލްގެ ގޮނޑިތައް ކާމިޔާބުކުރީ ވެސް ކޮންގްރެސް ޕާޓީންނެވެ. ރަސްމާދޫ ކައުންސިލްގެ ގޮނޑި އެވެ.

މިއަދު ބޭއްވި ބައި-އިލްކެޝަތަކުގައި ވޯޓު ދިނުމުގެ ހައްގު އެ 6 ދާއިރާގެ ޖުމްލަ 13،112 މީހަކަށް ލިބުނު ނަމަވެސް، ވޯޓު ލާފައިވަނީ އެންމެ 3528 މީހުންނެވެ. އެއީ ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ %26.91 އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!