Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ހުޅުވާލައިފި

ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ހުޅުވާލައިފި
ހުޅުމާލޭގައި ފުޑް ޓްރަކް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައި ވަނީ ފުޑް ޓްރަކްތައް ހިންގަން ހަވާލުކުރާނީ ކަނޑައަޅާފައިވާ ފީ އަކަށް ކަމަށެވެ. އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކުން ޝައުގުވެރިވެރިކަން ފާޅުކޮށްފި ނަމަ ހިދުމަތް ދޭނެ ފަރާތެއް ކަނޑައަޅާނީ އެޗްޑީސީގެ މާސްޓާ ޕްލޭނާ އެއްގޮތަށެވެ. އެ ކޯޕަރޭޝަނުން ބުނެފައި ވަނީ ފުޑް ޓްރަކްގައި ވިއްކާ ކާތަކެއްޗަކީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވިއްކާ ތަކެއްޗަށް ވާން ޖެހޭނެ ކަމަށެވެ. ފުޑް ޓްރަކްތައް ހިންގަން ހަވާލުކުރާ ސަރަހައްދުތައް:
  • ފެރީ ޓާމިނަލް
  • އެސްޓީއޯ ހޮޓެލް
  • ސެންޓްރަލް ޕާކް
  • އެޗްޑީސީ ހެޑް އޮފީސް
  • ފަހިވެނި ކޮމިއުނިޓީ ސެންޓަރު
  • ފެހިރެސް ޕާކް
  • ރެހެންދި ސްކޫލް
  • ރުއްގަނޑު އެކެއް
  • ރުއްގަނޑު ދޭއް
  • ރެޑް ބުލް ޕާކް
  • އިންޓަނޭޝަނަލް ފުޓްބޯލް ސްޓޭޑިއަމް
  • ވޯޓާ ތީމް ޕާކް
  • ސްޕޯޓްސް ޑިސްޓްރިކްޓް
  • ފަރުކޮޅުފުށި
  • ގްރާންޑް މޮސްކް
  • ކްރިކެޓް ސްޓޭޑިއަމް
  • އާބަން އައިލް - އައިކޮނިކް ޓަވާ
  • ހިޔާ ޕާކް
  • ނޮލެޖް ޕާކް
  • ކާމިލް ދީދީ ޕްރައިމަރީ ސްކޫލް
ފުޑް ޓްރަކްތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހަޅާއިރު ޓްރަކްގެ ކޮންސެޕްޓް ޑިޒައިން ހުށަހަޅަން ޖެހޭއިރު، އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ ހަ ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް