ޚަބަރު

ރިޝްފާ ތިހާ ޔަގީން ކަމާއެކު އިނގިލި ދިއްކޮށްފައި ތިކުރާ ތުހުމަތުތައް ސާބިތު ކޮށްދީ، ދެން ވާހަކަ ދައްކާނީ ކޯޓުގައި!: ރިހޫ

  • މީސްމީޑިއާގައި އިއްޔެއިން ފެށިގެން މިއަދާއި ހަމައަށް ބަލާލާއިރު، އެންމެ ޓްރެންޑިންގ އެއް ވާހަކައިގެ ގޮތުގައި ދައުރުވެފައިވަނީ ދިވެހި ފިލްމީ ތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިޙްލާ (ރިހޫ)، އެމީހުންގެ
މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މީސްމީޑިއާގައި އިއްޔެއިން ފެށިގެން މިއަދާއި ހަމައަށް ބަލާލާއިރު، އެންމެ ޓްރެންޑިންގ އެއް ވާހަކައިގެ ގޮތުގައި ދައުރުވެފައިވަނީ ދިވެހި ފިލްމީ ތަރި މުޙައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިޙްލާ (ރިހޫ)، އެމީހުންގެ ހަގު ދަރިފުޅު ޔޫން މުޙައްމަދު ޔުނާން އަށް ބޭސް ކުރަން ކަމަށް ބުނެ ހޯދި ފައިސާތައް "ނާޗަރަންގީ ކުޅެން" ހޭދަކުރާ ކަމުގެ ތުހުމަތުތަކެއްގެ ވާހަކައެވެ.

Ads by STELCO

މިތުހުމަތުތައް މީސްމީޑިއާ ގައި އެންމެ ހަލުވި ސްޕީޑުގައި ފެތުރި އެކަކީ ވެބް ސީރީޒް "ހުވާ" އިން ވެސް ފެންނަ އެކްޓްރެސް އައިމިނަތު ރިޝްފާއެވެ. އެގޮތުން ރިޝްފާ އާއި ޔުނާންގެ ދެމަފިރިންނާއި ދެމެދު މީސްމީޑިއާގައި އިއްޔެ ވަނީ ވަރަށް ހޫނުގަދަ ކުރިމަތިލުން ތަކެއް ވެސް ހިނގާފައެވެ.

މިކަންތައް ފެށުނު ގޮތް "ދެން" އާއި ހިއްސާ ކުރަމުން ރިހޫ ބުނީ، "ބުޅާ ހައްޖުވުން" ކިޔާ ޕޭޖަކުން ރިހޫ ގެ ފޮޓޯ ޖަހާފައި ޕޯސްޓެއް ހިއްސާ ކުރި ކަމަށެވެ. އެއީ ނަޑާ ސެލޫނުން ހަށިގަނޑު ހިއްކާލުމަށް ހަދައިދޭ ޓްރީޓްމަންޓަކާއި ބެހޭގޮތުން ރިހޫ އޭނަގެ އިންސްޓަގްރާމް ސްޓޯރީއަށްލީ ފޮޓޯއެކެވެ. އޭގައި ބުނެފައިވަނީ އެއީ "ތަފާތު ފެންނާނެ" ޓްރީޓްމަންޓެއް ކަމަށެވެ.

އެޕޭޖުން ރިހޫގެ އެފޮޓޯއާއެކު ޕޯސްޓު ކޮށްފައި ބުނީ، ބަލި ދަރިފުޅުގެ ނަމުގައި ފައިސާ ހޯދައިގެން ޔުނާން އާއި ރިހޫ ކުރާ ކަމަކީ އެއީ ކަމަށެވެ.

"އަހަރެން އެޓްރީޓްމަންޓް ނަގާނަމަ، ހުންނާނީ ހިކިފައެއްނު. އެދުވަހު އެޕޯސްޓު ޖެހީ، ވަޒީފާގައި އުޅޭ ގިނަ އަންހެނުންނަކީ ބިޒީ ކަމުން އަމިއްލަ ހަށިގަނޑަށް ނުބެލި ހުންނާނެ މީހުންވީމަ، މިކަހަލަ ޓްރީޓްމަންޓެއް ރަނގަޅުވާނޭ އެނގެން ހިތަށް އަރާފަ. އެޕޭޖަށް ހަގީގަތް ކިޔައި ދިނީމަ އެމީހުން އޭތި ނެގި. އެކަމަކު އެހެން ކުއްޖަކު އިނީ ސްކްރީންޝޮޓް ނަގާފައި، އަނެއްކާ ވެސް ޕޯސްޓު ކޮށްފަ. އެއަށް ރިޝްފާ ކޮމެންޓު ކުރީ" ރިހޫ ބުންޏެވެ.

ރިޝްފާ އެއަށް ކޮމެންޓު ކޮށްފައި ބުނެފައިވަނީ އެކަމުގެ ހަގީގަތް ވަރަށް ގާތުން އޭނާއަށް އެނގޭ ކަމަށާއި، އިންޑިއާއިން އަންނަމުން ގެނައި ދަބަސްތައް ފެނިފައިވެސް ކޮށްލި ޚަރަދުތައް އެނގޭ ކަމަށެވެ.
"ރިޝްފާ ބުނަނީ ތިމަންނައަށް ވަރަށް ރަނގަޅަށް އެނގެޔޯ ތިހުރިހާ ކަމެއް. އަހަރުމެން ޝޮޕިންގ ކުރި ކަމާއި މިކަހަލަ ވާހަކަތަކެއް. އޭނަ އެހާ ކައިރިން ހޯމްވޯކް ހަދައިގެން ބަލާފަ ހުރިއްޔާ އަހަރެން ބޭނުން ވާނެތާ އެނގެން، އޭނަ އެކަން ސާބިތު ކޮށްދޭން ޖެހޭނެ ދޯ. ފިލްމް އިންޑަސްޓްރީގެ އެއްވެސް މީހަކު ޔޫން އާއި ދިމާލަށް އެކަހަލަ އެއްޗެއް ނުބުނޭ، ޔޫން ގެ މައްސަލައިގައި އަހަރުމެންނާއި ދެބަސް ވެފައެއް ވެސް ނެތް. ޔޫން ގެ ހާލުވެސް ހަމަ ބަރާބަރަށް ބަލާ ހެދި. މަގޭ ސުވާލަކީ ރިޝްފާގެ މިއިންނަނީ އެހެންވީމަ ކޮން މައްސަލައެއްހޭ، ކޮބާހޭ ބޭނުމަކީ މިހެން ވާހަކަ ދެއްކުމުގައި. އަހަރުމެން އަނބުރާ އައި އިރު ގެނައީ ކިތައް ދަބަސް ތޯއާއި މިހުރިހާ އެއްޗެއް އޭނަ ހޯމްވޯކް ހަދައިގެން ބަލަންވީ ކީއްކުރަން. މަށަށް ނޭނގި މަ މިހާރު ޖެޓްސްކީ ވެސް ދުއްވައިފި ރިޝްފާ ބުނާ ގޮތުން" ރިހޫ ބުންޏެވެ.

 

ރިޝްފާ ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި، ރިހޫގެ އުފަން ދުވަސް ފާހަގަ ކުރުމާއި ޓީވީއެއް ގަތުން ވެސް ހިމެނެއެވެ. އެކަމަށް ވެސް ރިހޫ ވަނީ ޖަވާބު ދީފައެވެ.
"އުފަން ދުވަހަކީ ޖުލައި 20. އެއީ ޔޫން ފަހުން ބޮޑަށް ބަލިވުމުގެ ކުރިން. އަދި އެއީ ޔޫން ގޮވައިގެން އިންޑިއާއަށް ފުރުމުގެ ވެސް ކުރިން. އެހެންވީމަ އެހީގެ ފައިސާ އެއް ނުވެސް ހުންނާނެ ދޯ؟ އުފަން ދުވަސް ފާހަގަ ކުރަން ޕާޓީއެއް ވެސް ނޫން ބޭއްވީ. ހަމައެކަނި ކޭކު ފެޅީ ދެން ހަދިޔާ ލިބުނީ. އެއީ އަހަރުމެން ކުރި ޚަރަދެއް ވެސް ނޫން. ނޫނީ ޔުނާންގެ އަތުން އެކަނި ހޭދަވި ފައިސާއެއް ވެސް ނޫން. އެއީ އާއިލާއާއި އެކީ، އެމީހުން ޚަރަދު ކޮށްގެން ކުރި ކަމެއް، އެމީހުން ދިން އެއްޗެއް. ދެން ޓީވީ އެއް ގަތީ ރޯދަ މަހުގައި. އެއީ ވެސް މާކުރިން ދޯ. މިގޭގައި އިން ޓީވީ ޔުނާންގެ ދަރިފުޅަށް ފޮނުވާފަ މިޓީވީ ގަތީ." ރިހޫ ބުންޏެވެ.

ކޮންމެހެނަކަސް މިފަދަ ތުހުމަތުތަކެއް ކުރުމުގެ ސަބަބުން ޔުނާން އާއި ރިހޫ މިހާރު ނިންމާފައިވަނީ އެފަދަ ތުހުމަތުތައް ކުރި ހުރިހާ ފަރާތްތަކާއި ދެކޮޅަށް ކޯޓުގައި ދައުވާ ކުރާށެވެ. އޭގެ ތެރޭގައި ރިޝްފާ ވެސް ހިމެނެއެވެ.

"ރިޝްފާ ބުނީ ޔޫން އަށް ލިބުނު ފައިސާގެ އެހީ ނާޒަރަންގީ ކުޅެ ތަޅާ ބުރުވަނީ އޭ އަހަރުމެން. އެހެންވީމަ އެކަން އޭނަ ސާބިތު ކޮށްދޭން ޖެހޭނެއްނު. ސާބިތު ކޮށްދޭނެ ފުރުސަތެއް އަހަރުމެން ދޭނަން. އޭނަ އެބަ ބުނޭ ތިމަންނަ އަތުގައި ތަފްސީލުތައް އެބަހުއްޓޭ، އެބަ ބުނޭ ތިމަންނައަށް އެނގެޔޭ. އެހާ ޔަގީން ކަމާއެކީ އޭނަ އެބުނާ އެއްޗެއް އެބަ ޖެހޭ ސާބިތު ކޮށްދޭން. ރިޝްފާ އެހާ ޔަގީންކަމާއެކީ އިނގިލި ދިއްކޮށްފައި ކުރާ ތުހުމަތު ސާބިތު ކޮށްދީ. އަހަރުމެން ސާބިތު ކޮށްދޭނަން އަހަރުމެންނަކީ އެބުނާ ފެންވަރުގެ އެބުނާ ކަހަލަ ބައެއް ނޫންކަން. އަހަރުމެން އެކަމަކު ސާބިތު ކޮށްދޭނީ ޤާނޫނީ އިމުގެ ދަށުން، އެކަމަކަށް ޙާއްސަކޮށްފައި އިންނަ މުއައްސަސާއެއް މެދުވެރިކޮށް" ރިހޫ ބުންޏެވެ.

ރިހޫ ބުނި ގޮތުގައި މިހާރު އެމައްސަލަ ވަނީ ކޯޓުގައެވެ. އަދި އެދެމަފިރިން ވަނީ ވަކީލަކު ވެސް ހަމަޖައްސާ، ވަކީލާއި މައްސަލަވެސް ހަވާލު ކޮށްފައެވެ.

އެހެންކަމުން ދެން މީސްމީޑިއާގައި މިކަމާއި ގުޅިގެން އެދެމަފިރިން އެއްވެސް އެއްޗެއް ހިއްސާ ނުކުރާނެ ކަމަށާއި ކޭސްގެ އަޕްޑޭޓް ވަކީލު ހިއްސާ ކުރާނެ ކަމަށް ވެސް ރިހޫ ބުންޏެވެ.

"ދެން" ގެ ފަރާތުން މިކަމާއި ގުޅޭގޮތުން ރިޝްފާގެ ބަހެއް ވެސް ހޯދާލެވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ފޯނު ނިއްވާލާފައި ހުރުމުން އަދި ރިޝްފާގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

ޔުނާން ގެ ދެމަފިރިންނާއިމެދު އުފުލާފައިވާ އެހެން ބައެއް ތުހުމަތުތައް ރިހޫ ވަނީ "ދެން" އަށް ސާފު ކޮށްދީފައެވެ.
އެގޮތުން ރިހޫ ބުނީ އެހީގޮތުގައި ލިބުނީ އެންމެ 1110 ޑޮލަރު ކަމަށް އެހެން މީޑިއާ އަކުން ޖަހާފައިވަނީ ނޫސްވެރިޔާއަށް އޮޅިގެން ކަމަށާއި އެކަން އެމީހުން ރަނގަޅު ކޮށްލާނެކަމަށް ބުނި ކަމަށެވެ.
"1110 ޑޮލަރަކީ އަހަރުމެން ރުފިޔާ ދީފަ ގަތް ޑޮލަރެއް ނޫން. އެއީ މީހުން އެހީގެ ގޮތުގައި އަަހަރުމެންނަށް ހަމަ ސީދާ ޑޮލަރުން ދިން އަދަދު. އެއީ އަހަރުމެން އެމީހުން ހުރި ތަނަކަށް ގޮސް އެމީހުން އަތުން އަތައް ދީފަ ހުރި ފައިސާ. ދިވެހި ރުފިޔާ ދީފަ އަހަރުމެން ޑޮލަރު ގަނެގެން ހިފައިގެނެއް ނުދަން، އެއީ ޑޮލަރު އަގު ބޮޑު ވީމަ. އެކޮޅަށް ދިޔުމަށް ފަހުގައި ހޮސްޕިޓަލުގެ ޕޭމަންޓާއި އެހެން ހުރިހާ ކަމެއް ކޮށްފައި ހުންނާނީ އޭޓީއެމް މެދުވެރިކޮށް އެސްބީއައި ބެންކުން އަހަރުމެންގެ ވިސާ ކާޑު ބޭނުން ކޮށްގެން" ރިހޫ ބުންޏެވެ.

  1. އަސަރޭ ދި މުރަކަ 003647

    ދެންފަހެ، ކޯޓަށްދާން ޖެހުނު ހިނދެވެ…

    • ކަބަޑޭ

      އާއެކެވެ. ވާނީވެސް އެހެންތާއެވެ.

      • ޢަމޯ

        ރިޝްފާއަކީ ޗާލާކީ ކުއްޖެކެވެ. އެހިނދު އޭނާގެ ހިތް ބުނަމުން ދިޔައެވެ..

  2. ވަކީލު

    ވަކީލަށްް ދޭންް ފައިސާާ ހޯދީީ ކޮންތާކުންބާާ؟

    • ޞަބޖސ

      ދަރީގެ ލާރި ގަނޑުން ދަރިޔަޢް ކުރާ ކަމެއްނު ތީ

    • މަލްމަލް

      މަވެސް ހަމަ ހިތަށް މިއެރީ ތިހެން. އެނުވާނެބާ އަނެއްކާ އެކުއްޖާފުޅަށް ލިބުނު ފައިސާއިން ކަަމަށް

      • Dhaleyka

        ެެkoatey nukiyaa aura nivaa kohbala

        • އަށާރަ

          ކަލޭމެންނާ ކޮންބެހޭކަމެއް. ފައިސާ ދިންމީހުން ތިބީ ހަނު. ޙެޔޮނިޔަތުގައި ދިނީ. އަދި ބާކީވާ ފައިސާ ދޭކަށް އެމީހުންނަކަށް ޝަރުތުވެސް ނުކުރޭ. އެހެންވީމާ ބޭސް ފަރުވާގެ ކަންކަން ނިންމާފަ ބާކިވިފައިސާއިން ކޮންމެ ކަމެއް ކުރިޔަސް ކޮންކަމެއް. އިހުގަ ދިވެހިން ބުނެއުޅެ ކާޅުކެޔަސް ސޮއް ނުގޮވާށޭ. އެހެންވީމާ ނުބޭކަންތަކާ ނުބެހި މައިތިރިވެގެން ތިބެބަލަ. މަހިތަށް އަރަނީ ތި ރިޝްފާއެއް އުއްޗު ދިން ފައިސާއިން އެހީއެއް ވިބާއޭ.

  3. ބިގް މައުތު

    ވަކީލަން ދޭން ފައިސާ ހޯދަގޮތް ބުނެދީ

    • ލޮލް

      ވަކީލުންނަށް ފައިސާ ނުދިނަސް ޕަބްލިސިޓީ އަށް ހިލޭވެސް ކޮށްދީފާނެ

      • alhe fahe vakeelah rf dhey jeheny vakeelaku beynun vegen noontha… kos baeh mee dhen

  4. ަސަމީ

    ތީގެން ދޮގެއްވެސް އެބައިންބުނެފަ . ހަމަގައިމުވެސް އަހަރެން ޖުލައި 20 ގެ ކުރިން ޔޫންއަށް ފައިސާ ޖަމާކުރިން.

    • ލޮލް

      ދެކޮޅުނުޖެހޭ ބައިވަރު ކަންތައް ހޭވިވަރަކަށް ފެންމަތިވާނެ..

  5. ހަސަނަނާ

    އަހަރެންނަށް އެނގޭ އެއްޗަކީ، ބޭންކް ހިސްޓަރީ ފޮޓޯ ލިޔަސް، އެއަކުން ނޭންގޭގެކަން ގަތޯ ނެޕީއެއް ކަމެއް ޖަވާހިރެއް ކަމެއް!

  6. ދޭބަލަ! ހައިރާނެއް ނުވާނެތަ؟ އެނިވާސަރީ އާ ބާތްޑޭ އާ ފަރުނީޗަރާއި ޓީވީ އާއި ފޯނު ގަނެފަ ބާކީވާ އެއްޗަކުން ދަރި އަށް ބޭސްކުރަނީ. ރިޝްފާ އެކަންޏެއް ނޫން ތި ވާހަކަ ދައެްކަނީ. ރިސްފާ އެވާހަކަ ފޭސް ބުކަށް ނުލަނީސް އެހެން ގުރޫޕްތަކުންވެސް އެވާހަކަ ލިޔުނު.

  7. ރެއްކަބޭ

    ވެފައި ތިއޮށްގޮތަކީ، ރިހޫ ގެނައި ދަބަސް ފެނިފައި ރިޝްފާ ޖޭ ވީ. ޢެކަހަލަ މޭޓީރިއަލިސްޓިކް އަންހެނުންނަކީ އެކަކު ލާ ހެދުމާއި އަރާފައިނާނަށް ދަންދެން ވަށްކަޅިން ބަލާބައެއް. އެކަހަލަ އަންހެނުން ދެކޭގޮތުގައި އޭނާލާކަހަލަ ނުވަތަ އެއަށްވުރެ އަގުބޮޑު ހެދުމެއް ނުވަތަ ފައިވާނެއްވިޔަސް އެހެންމީހަކު ލާފަހުއްޓާ ފެނިއްޖިއްޔާ ވަރަށް ހަސަދަވެރިވާނެ. ޢެހެންވެގެން ރިހޫގެ އަގުވައްޓާލީ. މީވަރަށް ނުރައްކާތެރި ބައެއް.

  8. އަހުމަދު

    އެންސްޕާއިން އެހީގެ ކަންތައް ޕްރޮސެސްވެވެހުއްޓާ މުލިޔާގެ ދޮށަށް އެއްވި ހިސާބުން ތީގާ ގޯހެއް އުޅޭކަން ޝައްކުވި.

  9. ޖޯސެފް

    ދެން މި އަންހެނާ ރިޝްފާ ގޮވައިގެން ޝަރީޢަތަށް ގޮސްގެން މިއުޅެނީ ރިޝްފާ އަތުން ލާރި ފެލާފަ މަޖާ ކުރަން ދޯ؟

  10. ޢަހްމަދު

    ތިހާ ރަނގަޅަަށް ތިކަން ކުރިއްޔާ އެކަން ސާބިތު ކޮށްދޭން މިނިވަން އޮޑިޓަރަކާ ހަވާލުކޮށްގެން ބަލާލަދޭންވީނު

  11. އަންތަރީސް

    ރިޝްފާ އެކަންޏެއް ނޫން މަގެ ދެލޯ ވެސް ބޮޑުވި ބޭރަށް ބޭސް ކުރަން ދިޔަ ބަޔަކު ގެނައި ފޮށިތައް ފެނިފަ

    • ޒަޕޯ

      މުލިޔާގެ ދޮށަށާ، މީސްމީޑިއާގައި ސަލާންޖެހި އިރު މި ރުފިޔާ ހަމަ އެކައުންޓްގަ ހުރިބާއޭ މަހިތަން އަރަނީ. ރިޝްފާ އަށް ނުގަނެވޭވަރު އެއްޗެއް ނެތް ކަންނޭނގެ ތި ރިހޫ އެއްގެ އަތުގަ.
      ދެރައީ ތިމާ ދަރި ފަދަ ކުދިންތިއްބާ އެހީވެލަން ހިތަށް ނައީތީ.

  12. ލަގަންބޮޑޭ

    ފިލްމީ ތަރިންވެސް ސަލާންްްޖަހަން ޖެހޭތަނެއް. މިއީވާ ޤައުމެއް.

  13. ސޮއްޓި

    ތީ ރިޝް މަޝްހޫރު ވެލަން ކުރިކަނެއް.އަނެއްކާ ޔުނާން އަކީ ރިޝް އަށް އެންމެ ރީތި އެކްޓަރ.ސެޓްވޭތޯ އުޅެނީ.ނުލިބުނީމަ ޖޭވީ

  14. އާއިސަތު ރިޞްވާން ސައީދު

    ދެން މައްސަލަ ނިންމާލަބަލަ ބޭނުންވި ކަންތަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ވެއްޖެ..ނިންމާލަބަލަ؛؛