Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ސަރުކާރު

އަންނަ އަހަރު ޖެނުއަރީގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާނަން: މިނިސްޓަރ ފައްޔާޒް

އަންނަ އަހަރު ޖެނުއަރީގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާނަން: މިނިސްޓަރ ފައްޔާޒް

އަންނަ އަހަރުގެ ޖެނުއަރީގެ ކުރިން މިނިމަމް ވޭޖް ކަނޑައަޅާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

އޮންލައިން ނޫސް "މިހާރު"އަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މިނިމަމް ވޭޖެއް ކަނޑައަޅަން ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.

ގާނޫނުން ވަނީ މިއަހަރު ނިމުމުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައަޅަން ލާޒިމްކޮށްފައެވެ. އެހެންވެ އެ މުއްދަތު ހަމަވުމުގެ ކުރިން މިނިމަމް ވޭޖެއް ކަނޑައަޅާނެކަމަށް އިކޮނޮމިކް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

ބޯޑުން ނިންމައިފައިވާ ގޮތުގައި ސިވިލް ސާވިސް މުވައްޒަފުންނަށް އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 7،000 ރުފިޔާއެވެ. އަދި އަމިއްލަ ވިޔަފާރިތަކުގެ ކުދި ވިޔަފާރިތަކަށް 5،000 ރުފިޔާ ކަނޑައެޅި އިރު މެދުފަންތީގެ ވިޔަފާރިތަކަށް އެންމެ ކުޑަ އުޖޫރައަކީ 7،000 ރުފިޔާއެވެ. އެންމެ ބޮޑެތި ކުންފުނިތަކުން އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ކަނޑައަޅައިފައި ވަނީ 8،900 ރުފިޔާއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް