Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އިސްލާމް ޓީޗަރަކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ނައިފަރުގައި މުޒާހަރާކުރަނީ

އިސްލާމް ޓީޗަރަކު ބަދުއަހުލާގީ އަމަލު ހިންގި ކަމަށް ބުނެ ނައިފަރުގައި މުޒާހަރާކުރަނީ

ޅ. ނައިފަރު މަދަރަސަތުލް އިފްތިތާހުގައި ކިޔަވައިދޭ ޓީޗަރަކު ބަދު އަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އެ ރަށުގައި މުޒާހަރާކުރަން ފަށައިފި އެވެ.

ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ނައިފަރު މީހުން ތުހުމަތު ކުރަނީ މަދަރަސަތުލް އިފްތިތާހުގައި އިސްލާމް ކިޔަވައިދެމުން އަންނަ ޓީޗަރަކަށެވެ. މި ޓީޗަރަކީ މީގެކުރިން ގްރޭޑް 4،5 ކިޔަވައިދެމުން އައި ޓީޗަރެއް ނަމަވެސް މިހާރު ކިޔަވައިދެމުން އަންނަނީ ގްރޭޑް އެކަކާއި ދޭކަށެވެ.

"ދެން އޮންލައިން" އާ ނައިފަރުން ވާހަކަދެއްކި މީހަކު ބުނީ މިދިޔަ ހޯމަ ދުވަހު ހަށިވިއްކާ ކަމަށް ތުހުމަތުކުރެވޭ އަންހެނަކާ އެކު ޓީޗަރު ފަޅު ގެޔެއް ތެރެއިން ނިކުންނަނިކޮށް ފެނިފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

ބެލެނިވެރިންގެ ފަރާތުން އެ މައްސަލަ ސްކޫލުގެ ސަމާލުކަމަށް ގެންދިޔަ އެވެ. އެހެންވެ ޖެހިގެން އައި ދުވަހު ޓީޗަރު ސްކޫލަށް ނުނުރެ އެވެ. އެކަމަކު އިއްޔެ އޭނާ ކްލާސްތައް ނަގައިދޭން ފެށުމުން ބެލެނިވެރިންގެ ފަރާތުން ސްކޫލުގައި ޝަކުވާކުރި އެވެ.

މުޒާހަރާކުރާ މީހުން ބުނާ ގޮތުގައި އެ މީހުން ޓީޗަރާ ގުޅޭގޮތުން ޝުއޫރު ފާޅުކުރަނީ ސްކޫލުގެ ހިންގުމަށް ދަތި ނުވާނެހެން ކަމުގަ އެވެ.

ޓީޗަރުގެ މައްސަލަ އެޑިއުކޭޝަން މިނިސްޓްރީ އާއި ފުލުހުންނަށް ހުށަހަޅައި، އެ އިދާރާތަކުން ދަނީ ބަލަމުންނެވެ.

މިދިޔަ އަހަރުގެ ތެރޭގައި ވެސް އެ ޓީޗަރަށް މިފަދަ ތުހުމަތުތަކެއް ކުރެވުނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް