ޚަބަރު ސިޔާސީ

މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެގެން: ނަޝީދު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަފުޅު ދައްކަވަނީ | ފޮޓޯ: މިހާރު

ރާއްޖޭގެ މިނިވަންކަން ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިއަދު ފާހަގަކުރަމުން މިދާ ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުއްވުމަށް ރައީސް ނަޝީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ. އެގޮތުން ނަޝީދު އަލިއަޅުއްވައިލެއްވީ ބޭރުގެ ދަރަނީގެ ވާހަކައަށެވެ.

"އަޅުގަނޑަށް ފެންނަ ގޮތުގަ ކޮޅު ނެތް ކޮޅުގެ މިނިވަންކަމެއް ރާއްޖެއަށް ދެމެހެއްޓޭނީ ބޭރުގެ ދަރަނިން ސަލާމަތްވެ ތިބެވިގެން"

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ނަޝީދު ވިދާޅުވީ ދަރަނި ނެތި އުޅުމުން ސަރުކާރުން ދޭ އެތައް ހިދުމަތަކުން މަހުރޫމު ވާނެ އެވެ. އެހެންނަމވެސް ބުއްދިވެރިކަން އިސްކުރުން މުހިންމުކަމަށް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދަކީ އަބަދުވެސް ބޭރުގެ ދަރަންޏާއި ދެކޮޅަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެމަނިކުފާނު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނެގި ލޯނުތައް ބޮޑުވެގެން ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހިފައިވަނީ ޗައިނާއަށާއި އިންޑިއާއަށެވެ. ރައީސް ޔާމީންގެ ސަރުކާރުން ގިނަ އަދަދެއްގެ ލޯނު ޗައިނާއިން ނެގިއިރު އޭގެ ފަހުން އައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ލޯނު ނެގީ އިންޑިއާ އިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!