Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް މާދަމާ ހުޅުވާލަނީ

ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް މާދަމާ ހުޅުވާލަނީ

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށް އާންމުންނަށް ހުޅުވައިލަން ތައްޔާރުވެއްޖެ އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ މިހާރު ކުރިއަށް ދަނީ ބަގީޗާ ހިނގުން އެއްކޮޅަށް ދުއްވޭ މަގަކަށް ހެދުމަށް މަގުގައި ލައިން ކުރެހުމާއި ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް އެއްކޮށް ނިންމައި، މާދަމައިން ފެށިގެން އާންމުންނަށް މަގު ހުޅުވާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެނައުމަށް ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު ބާކީ 10 ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ބައެއް ސަރަހައްދުތަކުގައި ވަށްބުރު (ރައުންޑްއެބައުޓްސް) ގާއިމުކޮށް، ސައިން ބޯޑުތައް ބެހެއްޓުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަށް އެޗްޑީސީން ވަނީ އަމާޒު ހިފާފަ އެވެ.

Advertisement
HDC — Sidebar (box)

ހުޅުމާލެ މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލުތައް ގެންނަން ނިންމީ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ އެވެ. އެގޮތުން ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަލައިގެންނެވެ.

އެޗްޑީސީން ބުނެފައި ވަނީ އެ 11 ސަރަހައްދަށް ގެންނަ ބަދަލުތަކުގެ މަސައްކަތް އެއްކޮށް ނިމުމުން ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށް ވެސް މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް