ބަލި މީހުން އުފުލަން އަނެއްކާވެސް އިންޑިއާގެ ޑޯނިއާ ބޭނުންކުރަން ފަށައިފި

އިންޑިއާގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ހަރަކާތްތެރިވާ ހެލިކޮޕްޓަރުތަކާއި ޑޯނިއާ ހެލިކޮޕްޓަރުތައް އަނެއްކާވެސް ބަލި މީހުން އުފުލުމަށް ބޭނުންކުރަން ފަށައިފި އެވެ.
މިކަން ހާމަކުރެއްވީ ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް ވިދާޅުވި ގޮތުގައި އިންޑިއާގެ ސިވިލް މީހުންނާއެކު އިއްޔެ ވަނީ ހދ. ހަނިމާދޫ އިން ބަލި މީހަކު އުފުލާފައިވާ ކަމަށެވެ. އެކަމަށްޓަކައި އެމަނިކުފާނު ވަނީ އިންޑިއާ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ.
އިންޑިއާގެ ހެލިކޮޕްޓަރުތަކާއި ޑޯނިއާ އާއި ހެލިކޮޕްޓަރު ދުއްވަން ތިބި އެ ގައުމުގެ ސިފައިން ރާއްޖެއިން ބޭލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ ސިފައިން ފޮނުވާލުމަށްފަހު ރާއްޖެއިން އިންޑިއާ އެކު އެއްބަސްވީ ސިފަައިންގެ ބަދަަލުގައި އިންޑިއާގެ ސިވިއަލުންގެ ޓީމެއް ގެނައުމަަށެވެ. އެ އެއްބަސްވުމުގެ ދަށުން އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ހިންދުސްތާން އެރޮނޮޓިކްސް ލިމިޓެޑްގެ ފުރަތަމަ ޓީމް ރާއްުޖެ އައިސްފައިވަނީ މިދިޔަ ފެބްރުއަރީގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެ ގައުމުގެ ސިވިލް މީހުން ރާއްޖެއިން ފައިބަން އެއްބަސްވީ 2026 ގަ އެވެ.