Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

އަލިފާން ރޯވެގެން އުޅެނިކޮށް މާރާމާރީ ހިންގި މީހަކު ހައްޔަރަށް

އަލިފާން ރޯވެގެން އުޅެނިކޮށް މާރާމާރީ ހިންގި މީހަކު ހައްޔަރަށް

މ. އޯކިޑް ޕްލާޒާގައި އަލިފާނުގެ ހާދިސާ ހިނގައިގެން އުޅުނު ވަގުތު އެ ސަރަހައްދުގައި ހުރި މީހަކު މާރާމާރީ ހިންގައިފި އެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އޯކިޑް ޕްލާޒާގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓުކޮށްފައި ވަނީ ރޭ 3:32 ހާއިރު ކަމަށެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ. މި ހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނައިރު، ހާދިސާ ހިނގި ވަގުތު މަގުމަތީގައި ހުރި މީހަކު މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ހައްޔަރުކޮށްފައިވާ ކަަމަށް ފުލުހުން ބުންޏެވެ.

Advertisement
Ooredoo — Square (box)

މާރާމާރީއާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ދިވެހި ފިރެހެނެކެވެ. އެހެން ނަމަވެސް މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް ފުލުހުން ނުބުނެ އެވެ.

އެމްއެންޑީއެފް އިން ބުނީ އޯކިޑް ޕްލާޒާގައި އަލިފާން ރޯވިކަމުގެ މައުލޫމާތު، ފަޔަ އެންޑް ރެސްކިޔު ސާވިސްއަށް ލިބުމާ އެކު، ސާވިސްގެ ފަޔަފައިޓަރުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ރޯވީ ޖަމާކޮށްފައި ހުރި ކުނިތަކެއްގަ އެވެ. އެ ސަރަހައްދަށް ގޮސް ފަޔަ ފައިޓަރުން ކުރި މަސައްކަތުން، އަލިފާންގަނޑު އެއްކޮށް ނިއްވާލެވުނީ ރޭ ފަތިހު 4:49 ހާއިރު އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް