Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ 59.5 އިންސައްތައަކީ އިންޑިއާ މީހުން

ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ 59.5 އިންސައްތައަކީ އިންޑިއާ މީހުން
ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ 59.5 އިންސައްތަ ހިއްސާކުރަނީ އިންޑިއާ މީހުން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ. މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން "ދެން އޮންލައިން" އިން ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންނާއި އެ މީހުން ނިސްބަތްވާ ގައުމުތައް ހޯދުމަށް ވަނީ އެދިފަ އެވެ. އެ މައުލޫމާތު ހެލްތު މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ފޮނުވި ޖަވާބުގައި ބުނީ މިވަގުތު ރާއްޖޭގެ ސިއްހީ ކަންކަމާ ގުޅުންހުރި ދާއިރާތަކުގައި ޖުމްލަ 904 މީހުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބިދޭސީން ނިސްބަތްވާ ގައުމުތައް:
  • އިންޑިއާ: 538 މީހުން
  • މިސްރު: 141
  • ބަންގްލަދޭޝް: 69
  • ނޭޕާލް: 49
  • މިޔަންމާ: 33
  • ޕާކިސްތާން: 29
  • ނައިޖީރިއާ: 23
  • ކިއުބާ: 10
  • ސްރީލަންކާ: 4
  • ލީބިއާ އާއި ސޫދާން އަދި ޔުކްރެއިން: 2
  • އިތިއޯޕިއާ އަދި އުޒްބެކިސްތާން: 1
ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ ތެރެއިން އެންމެ ގިނަ މީހުން ވަޒީފާ އަދާކުރަނީ ރަޖިސްޓާޑް ނަރުހުންގެ ގޮތުގަ އެވެ. އެ ދާއިރާގައި 390 މީހުން ރަޖިސްޓާޑް ނަރުހުންގެ ގޮތުގައި މަސައްކަތް ކުރެ އެވެ. މެޑިކަލް އޮފިސަރުންގެ ގޮތުގައި 233 މީހުން އަދި ލެބް ޓެކްނީޝަނުންގެ ގޮތުގައި 85 މީހުން މަސައްކަތް ކުރެ އެވެ. ރޭޑިއޯގްރާފަރުންގެ ގޮތުގައި 26 މީހުން މަސައްކަތް ކުރާއިރު، ޕީޑިއޭޓްރިޝަނުންގެ ގޮތުގައި 24 މީހުން އަދި 23 މީހުން ގައިނޮކޮލޮޖިސްޓުންގެ ގޮތުގައި ހަރަކާތްތެރިވެ އެވެ. ދެން އެންމެ ގިނަ ބިދޭސީން މަސައްކަތް ކުރަނީ ފިޒިޝަނުންނާއި ޑެންޓަލް އޮފިސަރުންގެ ގޮތުގަ އެވެ. އެއިން ކޮންމެ ދާއިރާއެއްގައި 20 ބިދޭސީން އުޅެ އެވެ. ހެލްތު މިނިސްޓްރީން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން ރާއްޖޭގެ ސިއްހީ ދާއިރާގައި 15 ސާޖަން، 14 ރޭޑިއޯލޮޖިސްޓް، 11 އޮތޮޕިޑިޝިއަން، 9 އޮޕްތަލްމޮލޮޖިސްޓުން ހަރަކާތްތެރިވެ އެވެ. އެމެޖެންސީ މެޑިކަލް ޓެކްނިޝަނުންގެ ގޮތުގައި 7 މީހުން، ފިޒިއޮތެރަޕިސްޓުންގެ ގޮތުގައި 6 މީހުން އަދި ބަޔޯ މެޑިކަލް ޓެކްނިޝަނުންގެ ގޮތުގައި 2 މީހުން ހަރަކާތްތެރިވެ އެވެ. މީގެ އިތުރުން ހެމަޓޮލޮޖިސްޓުން އަދި ޑާމަޓޮލޮޖިސްޓުންގެ ގޮތުގައި ކޮންމެ ދާއިރާއެއްގައި 1 ބިދޭސީއަކު ހަރަކާތްތެރިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް