ލައިފްސްޓައިލް

ލަހުން ނިދުމަކީ 'ކޫލް' ކަމެއް ނޫން

މަނާލް ޒާހިދު ފަހުމީ ، ދެން އޮންލައިން

ރޭގަނޑު ހަތަރުދަމު ހޭލާ އުޅެފައި ދުވާލު ހަތަރު ދަމު ނިދުމަކީ ވަރަށް ގިނަ މީހުންގެ ކިބައިގައި ހަރުލާފައި ހުންނަ ނޭދެވޭ ސިފައެކެވެ. ބައެއް މީހުން ދެކޭ ގޮތުގައި އެއީ ވަރަށް 'ކޫލް' ކަމެކެވެ. އެހެން ނަމަވެސް، ޤަބޫލު ކުރަންޖެހޭ ހަޤީޤަތަކީ ލަހުން ނިދުމަކީ ސިއްހަތަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމެވެ.

Ads by MWSC

ނިދާ ގަޑި ލަސް ކުރުމުން އެންމެ ފުރަތަމަ މީހާ ވަރުބަލިވެ، ކުދިކުދި ކަންތައްތަކާ އަވަހަށް ރުޅި އާދެވެއެވެ. އަދި ހަމަ އެއާއި އެކު ކުރަން ހުންނަ ކަންކަމަށް ފަރުވާ ވެސް ކުޑަ ކުޑަކުރެވެއެވެ. މިފަދަ ކަންކަމަކީ ސީދާ ގޮތުން ސިއްޙަތަށް ނުރައްކާތެރި ކަމަކަށް ނުވި ނަމަވެސް ލަހުން ނިދުމަކީ އާދައަކަށް ހަދައިފިނަމަ، ސިއްހީ ގޮތުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ. މީގެ ތެރޭގައި ފަލަ ވުމާއި، ހިތުގެ ބަލިތަކާއި، ލޭ މަތި ވުމާއި، އަދި ހަކުރު ބަލި ހިމެނެއެވެ.

އިމްތިޙާނުތައް ކައިރިވުމުން ރެޔާ ދުވާލު ހޭލާ ތިބެގެން ފިލާވަޅު ދަސްކުރުމަކީ ވެސް ވަރަށް އާއްމު ގޮތެއްގައި ދަރިވަރުން ކުރަމުން އަންނަ ކަމެކެވެ. ކަން މިހެން އޮތަސް، ފަހުގެ ދިރާސާތަކުން ދައްކަނީ ކިޔެވުމަށްޓަކައި ހޭލާ ތިބޭ ދަރިވަރުންނަށްވުރެ ހަމަ ނިދި ލިބިގެން އިމްތިޙާނު ހަދާ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކަމަށެވެ.

ހަމަ ނިދި ލިބުމަކީ މީހާއަށް ނަފްސާނީ ދުޅަހެޔޮކަން ލިއްބައިދޭ ކަމެކެވެ. އަދި ދިފާޢީ ނިޒާމުވެސް ވަރުގަދަ ކޮށްދޭ ކަމެކެވެ.

ލަހުން ނިދަން އާދަ ކޮށްފި ނަަމަ، އެކަމުން ދުރުވެގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެހެނަސް، ނުކުރެވޭނެ ވަރުގެ ކަމެއް ނޫނެވެ.

Ads by Ooredoo
  1. ޢަސްލުތަ

    ހަމަ ތެދެއް