Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

އަންހެނަކު ފެންވަރަން ހުއްޓާ ދޮރުވައްޓާލާ ނުވަންނަން: ފުލުހުން

އަންހެނަކު ފެންވަރަން ހުއްޓާ ދޮރުވައްޓާލާ ނުވަންނަން: ފުލުހުން

އައްޑޫ ސިޓީގެ ހިތަދޫ ގައި އަންހެނަކު ފެންވަރަން ހުއްޓާ ދޮރުވައްޓާލާ އެ ގެއަށް ވަތް ވާހަކަ ފުލުހުން ދޮގުކޮށްފި އެވެ.

އަންހެނަކު ބަރަހަނާކޮށް ހުއްޓައި ކޮޓަރިއެއްގެ ދޮރު ވައްޓާލައިފައި ފުލުހުން ވަދެގަތް ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ.

އެ ވާހަކަތަކާއި ގުޅިގެން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެގެއަށް ވަނީ މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭތީ ބަލައި ފާސްކުރުމަށް ކޯޓުން ނެރުނު އަމުރަކާއި އެކުގައި ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެޕާޓްމެންޓަށް ވަންނަން ދޮރު ހުޅުވުމަށް ތަކުރާރުކޮށް ފުލުހުން އެދުނެވެ. އެހެންނަމަވެސް ދޮރު ހުޅުވާފައި ނުވާތީ ފުލުހުން އެގެއަށް ވަނީ ބާރުގެ ބޭނުން ކޮށްގެން ތަޅު ހަލާކު ކޮށްލައިގެންނެވެ.

ގޭގެ އެތެރެއަށް ވަނުމަށްފަހު ދެ ކޮޓަރިއެއްގެ ދޮރު ހުޅުވަންވެސް ތަކުރާރުކޮށް ފުލުހުން އެދުނެވެ. ކޮޓަރީގެ ދޮރުވެސް ނުހުޅުވުމުން ފުލުހުންނަށް ވަންނަން ޖެހުނީ ބާރުގެ ބޭނުންކޮށްގެން ތަޅު ހަލާކުކޮށްލައިގެންނެވެ.

ދެ ކޮޓަރީގެ ތެރެއިން އެއް ކޮޓަރީގެ ދޮރު ހުޅުވާފައި ވަތްއިރު އަންހެނަކު ފެންވަރައިގެން ނުކުމެ ކޮޓަރީގައި ހުރިކަމަށް ވެއެވެ.

"...ފުލުހުން ވަނީ ދޮރުލެއްޕުމަށް ފަހު ކޮޓަރިން ނުކުތަމަށް ފުރުސަތު ދީފައި'' ފުލުހުންގެ މެސެޖުގައި ބުންޏެވެ.

ފުލުހުން ބުނީ އެޕާޓުމެންޓުގެ މައި ދޮރާއި ދެ ކޮޓަރީގެ ދޮރުގެ އިތުރުން އެހެން އެއްވެސް ދޮރެއް ވައްޓައި, ތަޅު ހަލާކުކޮށްފައި ނުވާނެ ކަމަށެވެ.

މި އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުން ބޮޑީ ވޯން ކެމެރާ ބޭނުންކޮށްފައި ނުވާކަން ފުލުހުން ފާހަގަކުރެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަން ހިންގުމުގައި ބާރުގެ ބޭނުން ކުރި ގޮތުގެ ރިވިއުއެއް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ކުރާނެ ކަމަށެވެ.

ހިތަދޫ ގޭގެ ތެރެއިން އެއްވެސް ބާވަތެއްގެ މަސްތުވާ އެއްޗެއް ފެނުނުކަން ނުވަތަ ނޫންކަން ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި މި މައްސަލައާއި ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރިކަންވެސް ފުލުހުން ހާމައެއް ނުކުރެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް