Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

ދުވާރު މަތީގައި ހުރި ގޮނޑިއާއި މޭޒު ނުނަގާނަމަ އެޗްޑީސީން އެތަކެތި ނަގަނީ

ދުވާރު މަތީގައި ހުރި ގޮނޑިއާއި މޭޒު ނުނަގާނަމަ އެޗްޑީސީން އެތަކެތި ނަގަނީ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރު މަތީގައި ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒުތައް މިމަހު 10 ގެ ކުރިން ނުނަގާނަމަ އެޗްޑީސީން އެތަކެތި ނަގާނެކަން އަންގައިފި އެވެ.

މީގެ ކުރިން އެޗްޑީސީން ވަނީ ދުވާރު މައްޗާއި ހެޖު ތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން އެކި ކަހަލަ ހިދުމަތް ދޭތީ އެކަން ހުއްޓައިލުމަށް އަންގައިފަ އެވެ. އަދި އެފަދަ ތަކެތި މަގުމަތިން ނެގުމަށްވެސް އެ ކޯޕަރޭޝަނުން އެންގި އެވެ.

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ކުރިން އެންގި އެންގުމަށް ގިނަ ފަރާތްތަކުން އިޖާބަ ދީފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ކޯޕަރޭޝަނުން ވަނީ ދުވާރު މަތިން ތަކެތި ނެގުމަށް ސުންގަޑިއެއް ދީފަ އެވެ.

Advertisement
HDC — Sidebar (box)

[caption id="attachment_234230" align="alignnone" width="690"]<img class="size-large wp-image-234230" src="https://cdn.dhen.mv/wp-content/uploads/2024/08/084-Hulhumale-hdc-1024x683.jpg" alt="" width="690" height="460" /> ހުޅުމާލޭގެ ދުވާރު މަތީގައި ހުރި މޭޒާއި ގޮނޑި މިމަހު 10 ގެ ކުރިން ނަގަން އެޗްޑީސީން ވަނީ އަންގާފައި[/caption]

އެޗްޑީސީން ބުނީ މިހިނގާ އޯގަސްޓު މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގޮނޑިއާއި މޭޒު ނުނަގާނަމަ ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން އެޗްޑީސީން އެތަކެތި ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި އެ މަސައްކަތުގެ ތެރޭގައި މުދަލައް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.

ހުޅުމާލޭގެ ބައެއް ކެފޭ ރެސްޓޯރެންޓުތަކުގެ ބޭރުގައި ދުވާރު މަތީގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތް ދޭކަން ފާހަގަކޮށްލެވެ އެވެ. ދުވާރު މައްޗާއި ހެޖު ތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުން ކުރުމަކީ މަނާ ކަމެކެވެ.

އެޗްޑީސީން މީގެ ކުރިން ވަނީ ހުޅުމާލޭ ގޮނޑުދޮށް ސަރަހައްދުގައި ހުރި ކެފޭ ރެސްޓޯރެންޓު އަދި ގެސްޓު ހައުސްތަކުން ގޮނޑުދޮށު ވެލިގަނޑުގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ހިދުމަތް ދޭތީ އެކަންވެސް ހުއްޓުވައިފަ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް