ޚަބަރު

25 އަހަރަށް ފަޅުރަށް ހޯދަން 4 ކައުންސިލަކުން ޝައުގުވެރިކަން ފާޅުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ފަޅުރަށްތައް ދޫކުރަނީ އިގްތިސާދީ ބޭނުމަށް

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުގައި ހިމެނޭ ފަޅުރަށްތައް ދޫކުރުމުގެ ސިޔާސަތުގެ ތެރެއިން ހަތަރު ކައުންސިލަކުން ފަޅުރަށް ހޯދުމަށް ޝައުގުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅައިފި އެވެ.

Ads by Hajj Corporation

އެކަން ހާމަކުރެއްވީ މާލެ ސިޓީއަށް އަލަށް އިންތިހާބުވި ތިން މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތުގައި  ސިޓީސް، ލޯކަލް ގަވަމެންޓް ޕަބްލިކްވޯކްސް އާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރު އެވެ.

"މިހާ ހިސާބަށް އައި އިރު ޕްރޮޕޯސަލް ހުށައަޅާފައިވާ ރަށްތަކަކީ ރ. އަތޮޅު އިނގުރައިދޫ، ދ. އަތޮޅު ކުޑަހުވަދޫ، މ.އަތޮޅު ކައުންސިލް އަދި ލ.އަތޮޅު މާވަށު ކައުންސިލް" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވދާޅުވީ މަސްވެރިކަމާއި، ދަނޑުވެރިކަން ފިޔަވާ އިތުރު މަސައްކަތްތައް ކުރުމަށް ކައުންސިލްތަކަށް ބޭނުންވާ ފަޅުރަށްތައް ހޯދުމަށް ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ޓެކްނިކަލް މަސައްކަތް ނިންމުމަށް ފަހު ރައީސްގެ އަރިހަށް ފޮނުއްވެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 25 އަހަރުގެ މުއްދަތަށް ފަޅުރަށެއް ލިބުމަކީ ކައުންސިލްތައް ބާރުވެރިކުރުމުގެ އިތުރުން ރަށްރަށަށް ދިމާވެފައިވާ އިޖްތިމާއި މައްސަލަތަކަށް ވެސް ހައްލު ލިބުމަށް މަގުފަހިވެގެން ދާނެ ކަމެއް ކަމަށާ، އެ ގޮތުން ސިނާއީ މަސައްކަތްތައް ކުރުމަށް އިތުރަށް މަގުފަހިވެގެން ދާނެ ކަމަށް ދެކިވަޑައިގެންނަވައި ކަމަށް ވެސް ވިދާޅުވި އެވެ.

"ރަށްރަށުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ބައެއް ރަށްރަށުގައި މިހާރު ކުރަމުންދާ މަސައްކަތްތައް ހުއްޓާލަން ޖެހިފައި ވާތީ ހާއްސަކޮށް ފައިބަ ގްލާސް މަސައްކަތް ނުވަތަ އެނޫން މަސައްކަތްތައް ކުރާ އިރު އާއްމުންނާ ހަމައަށް ފޯރާ ކެމިކަލްސްތައް ފޯރާ ފަދަ މަސައްކަތްތައް ހުއްޓާލާ ރަނގަޅު މާހައުލެއް ރަށްރަށަށް ފޯރުކޮށްދޭން ޖެހޭ އިރު އެ ފަދަ ސިނާއީ މަސައްކަތް ކުރާނެ ތަންތަން ލިބުމަކީ ރަށްރަށަށް މިއަދު ކޮންމެހެންވެސް ބޭނުން ވެފައިވާ ކަމެއް" ވިދާޅުވި އެވެ.

ސަރުކާރުން ކައުންސިލްތަކަށް ރަށްރަށް ދޫކުރުމަށް ހަމަޖެހިފައި ވަނީ އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާފައިވާ ކައުންސިލްތަކަށް އެ ރަށްތައް 25 އަހަރަށް ދަނޑުވެރިކަމާއި، މަސްވެރިކަން ނޫން އެހެނިހެން އިގްތިސާދީ މަސައްކަތް ކުރުމަށެވެ.

  1. ކިނބޫ

    ގަވަިދުގަ އޮތްގޮތުން 21 އަހަރަށް ދެވޭނީ. 21 އަހަރު ހަމަވީމަ އިތުރު 4 އަހަރު ދެވޭނީ. ކޮންމެ ކަމެއްގަ ޖަރީމާ ހިންގަން ނޫޅޭ. ކައުންސިލްތައް އުވާލާ.