Sunday, 1 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ލޭބާ ރިލޭޝަން, ހޯމްގެ ބެލުމުގެ ދަށަށް ގެންދިއުމުން އެމްޑީޕީން ކަންބޮޑުވެއްޖެ 

ލޭބާ ރިލޭޝަން, ހޯމްގެ ބެލުމުގެ ދަށަށް ގެންދިއުމުން އެމްޑީޕީން ކަންބޮޑުވެއްޖެ 

ލޭބަރ ރިލޭޝަންސް އޮތޯރިޓީ (އެލްއާރްއޭ) ހޯމް ލޭންޑްް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދިއުމުން އެމްޑީޕީއިން ކަންބޮޑުވެއްޖެ އެވެ.

އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާ ގެންދަވާ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު ކުރެއްވި ޓްވީޓެއްގައެވެ.

މައުރޫފް ވިދާޅުވީ އެ ބަދަލުގެ ސަބަބުން މަސައްކަތްތެރިންގެ ހައްގުތަކާއި ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަކީ އަސާސީ ހައްގުތަކެއްގެ ގޮތުގައި ބެލުމުގެ ބަދަލުގައި ގައުމީ ސަލާމަތާ ގުޅުންހުރި ކަމެއްގެ ގޮތުގައި ދެކެވިގެންދާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

މައުރޫފް އިތުރަށް ވިދާޅުވީ އެ ބަދަލުވުމުގެ ސަބަބުން މަސައްކަތްތެރިންގެ ހައްގުތައް ހަނިވެގެންދާނެ ކަމަށެވެ. އަދި އެމީހުންގެ އަޑު އިތުރަށް ފޮރުވިގެންދާނެ ކަމަށެވެ.

މައުރޫފް ވިދާޅުވީ މަސައްކަތްތެރިންގެ ޔޫނިއަންތަކުން ސަރުކާރަށް ގޮވާލަނީ މިނިވަން އަދި އިތުރަށް ބާރުވެރިކުރެވިފައިވާ ލޭބާ ރިލޭޝަންސް އޮތޯރިޓީއެއް ގާއިމުކުރުމަށް ކަމަށެވެ. އަދި އެ އޮތޯރިޓީއަށް އެއްވެސް ނުފޫޒެއް ނެތި އޭގެ މަސްއޫލިއްޔަތުތައް އަދާކުރެވޭނެކަން ކަށަވަރުކުރުމަށް ވެސް މައުރޫފް ގޮވާލެއްވި އެވެ.

ލޭބާ ރިލޭޝަންސް އޮތޯރިޓީ ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެންނެވެ. އެ ނިންމުން ރައީސް ނިންމަވާފައިވަނީ ގާނޫނުއަސާސީގެ 116ވަނަ މާއްދާއިންނެވެ.

ރައީސް އެގޮތަށް ހަމަޖައްސަވާފައިވަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމާ ގުޅޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުމަށްފަހު އެވެ.

މީގެ ކުރިން އެ އޮތޯރިޓީ ހިންގަމުން އައީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުންނެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް