އިޖުތިމާޢީ

ހޮނިހިރު ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
މޫސުން ގޯސް ދުވަހެއްގައި،ކަނޑު މަތި

ހޮނިހިރު ދުވަހުން ފެށިގެން މުޅި ރާއްޖެ އަށް މޫސުން ގޯސްވާނެ ކަމަށް ގައުމީ މޫސުމާއި ބެހޭ އިދާރާ (މެޓް) ބުނެފި އެވެ.

Ads by MWSC

މެޓުން މިއަދު ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ސަރަަހައްދަކަށް މޫސުން ގޯސްވާނެ ކަމަށެވެ.

މެޓުން ބުނީ މާދަމާ މޫސުން ރަނގަޅުވެފައި ހޮނިހިރު ދުވަހަށް ފަހު މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށެވެ.

މިހާރު ކުރަމުން ދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އެވެ. ހުޅަނގު މޫސުން ފެށުނީ މޭމަހު އެވެ.

މިއަދު މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އއ. އަތޮޅަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ.

އެ އެލާޓްގައި ބުނެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ގަޑިއަކު 19 މޭލާއި 24 މޭލާ ދެމުދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ވައިޓް އެލާޓް ވަނީ ނެރެފަ އެވެ. އެ އެލާޓްގައި ބުނެފައިވަނީ އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާ އެކު ގުގުރަން 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!