މޫސުން ގޯސް، މުޅި ރާއްޖެއަށް ހުދު ސަމާލު!

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް މޫސުން ގޯސްވެ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފި އެވެ.
އެ ހުދު ސަމާލު ނެރެފައިވަނީ މިރޭ 7:45 އިން ފެށިގެން މިރޭ ދަންވަރު 1:00 ޖެހުމާ ހަމައަށެވެ.
މޫސުން ލަފާކުރާ މެޓް އޮފީހުން ބުނި ގޮތުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަ ވާނެ ކަމަށެވެ.
ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމާއި ކަނޑު ގަދަވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ.