ޚަބަރު

މިދިޔަ ސަރުކާރުން ދިން ގޯތިތައް މިނިސްޓަރު ސިފަކުރެއްވީ ވަޅޯމަސް އަވީލާފައި ހުންނަ އަށިތަކެއްހެން!

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ހުޅުމާލެ ފޭސް ދޭއް - ފޮޓޯ:އެޗްޑީސީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ދޫކޮށްފައިވަނީ "ވަޅޯމަސް އަވީލާފައި ހުންނަ އަށިތަކެއްހެން" ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެ އެވެ.

Ads by STELCO

ގަތޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް އެދިވަޑައިގެންނެވުމުގެ މަތިން މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުވެވަޑައިގެންނެވި އެވެ. އަދި މިނިސްޓަރު އެހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުالله ރިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ރިފާއު ވިދާޅުވީ ފަޅުން ގޯތި ދިނީ "ބޮޑު ހިސާބު" ފޮތް ބާއްވާފަައި ކަމަށާއި އެތަނުން ސްކޫލާއި މަގު ހަދާނެ ތަނެއް ނެތް ކަމަށް އަޑު އެއްސެވި ކަމަށެވެ.

އޭގެ އިތުރުން ހިކިފަސް ތަނުން ދޫކުރި ބިންތައްވެސް ދޫކޮށްފައި ހުރީ މަގުމަތިން ކަމަށް އަޑުއިވިވަޑައިގެންފައިވާތީ އެކަމާ ގުޅިގެން ރިފާއު ސުވާލުކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ އެއީ ވަރަށް ބޮޑު ތެދެއް ކަމަށެވެ.

"އަޅުގަނޑުމެން އައިސްފައި ކުރީ ސަރުކާރުން ތައްޔާރުކޮށްފައި ހުރި ޕްލޭންތައް ބެލިން އަޅުގަނޑަށް އެ ސިފަ ކުރެވެނީ ވަޅޯމަސް އަވީލާފައި ހުންނަ އަށިތަކެއްހެން" - މިނިސްޓަރު ހައިދަރު

ހައިދަރު ވިދާޅުވީ ސަރުކާރަކުން އާބަންކޯ މެދުވެރިކޮށް ރައްޔިތުން ތަކުލީފުގައި އުޅޭނެ ގޮތަކަށް ގޯތިތައް ދޫކުރާނެ ކަމަށް ހީނުކުރައްވާ ކަމަށެވެ.

ޕްރޮފެޝަނަލް އާބަން ޕްލޭނާއެއްގެ ހައިސިއްޔަތުން ހައިދަރު ވިދާޅުވީ އެއީ ރައްޔިތުންނަށް ދޭން ވާ ވަރުގެ ދެރައެއް ނޫން ކަމަށެވެ.

މިއަދުގެ މަޖިލީހުގައި މިނިސްޓަރާ އަމާޒުކުރި ސުވާލުތަކަށް ޖަވާބު ދެއްވި ގޮތުން, މަޖިލިސް ހޫނުވެ, މަޖިލިސް ވަނީ މެދު ކަނޑާލާފައެވެ. މިއަދު މަޖިލީހުގައި ހަތަރު މެންބަރެއްގެ ނަން ވެސް އިއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!