ޚަބަރު

ހޯރަފުށީ ގައި ފެންބޮޑުވި 6 ގެއެއްގެ މީހުން ވަގުތީ ހިޔާއަށް ބަދަލުކުރަނީ

އަލީ ސަމާޙް ، ދެން އޮންލައިން
މިހާރު ކުރަމުންދާ ވިއްސާރާގައި ބައެއް ރަށްތަކުގައި ފެންބޮޑުވެފައި

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރަގައި ހއ. ހޯރަފުށީގައި ފެންބޮޑުވެ 6 ގެއަކަށް ފެންވަދެއްޖެ އެވެ.

Ads by STELCO

ސިޓީސް، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން ވަނީ މިހާރު ކުރަމުންދާ ވިއްސާރައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކޮށްފަ އެވެ.

މިނިސްޓްރީން ބުނީ، މިހާތަނަށް ހއ. އަތޮޅުގެ 7 ރަށެއްގައި ފެންބޮޑުވެ އެރަށްތަކަށް އެކިވަރުގެ ގެއްލުންތައް ވަމުންދާ ކަމުގެ މައުލޫމާތު ކައުންސިލްތަކުން ދީފައިވާ ކަމަށެވެ. އެގޮތުން އިއްޔެ އިން ފެށިގެން ވެހެމުންދާ ވާރޭ އަދިވެސް ހުއްޓާނުލާ ވެހުމުގެ ސަބަބުން ހޯރަފުށި، އިހަވަންދޫ ،ދިއްދު، ބާރަށް، ކެލާ، މުރައިދޫ، މާރަންދޫ ގައި ފެންބޮޑުވެ މީހުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ލިބެމުންދާ ކަމުގައި އެރަށްރަށުގެ ކައުންސިލްތަކުން މިނިސްޓްރީން މައޫލުމާތު ދީފަ އެވެ.

އެ މިނިސްޓްރީން ބުނީ ހޯރަފުއްޓާއި އިހަވަންދޫ ދިއްދޫ އަދި ކެލާގަައި ބޮޑުވެފައިވާ ފެންގަނޑު އަދިވެސް އެއްކޮށް ހިންދާ ނުލެވޭ ކަމަށެވެ. އެމްއެންޑީއެފްގެ ރެސްކިއު ޓީމެއް ހއ. އަތޮޅަަށް މިހާރު ދަނީ ދަތުރު ކުރަމުންނެވެ.

މިނިސްޓްރީން ބުނީ ހއ. ހޯރަފުށީގެ ދެކުނު ސަރަހައްދުގައި ފެންބޮޑުވުމުގެ ސަަބަބުން 6 ގެއަކަށް ފެން ވަނުމުގެ ސަބަބުން އެ 6 އާއިލާއެއް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އެރަށު ކައުންސިލުން މިހާރުކުރަމުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަދި ހއ. އަތޮޅުގެ ރަށްތަކަކަށް ކުރަމުންގެންދާ ވިއްސާރާގައި އެހިތެރިކަން ފޯރުކޮށްދެވިދާނެ ގޮތްތަކާއި ގުޅޭގޮތުން މިއަދު ހެދުނު މިނިސްޓާ އާދަމް ޝަރިފާއި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު މަޝްވަރާ ކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!