Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ކަނޑު ދަތުުރު ކުރުމުގައި ސަމާލުވާން އެދިއްޖެ

ކަނޑު ދަތުުރު ކުރުމުގައި ސަމާލުވާން އެދިއްޖެ

ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފައިވާތީ މަޖުބޫރު ހާލަތެއްގައި ނޫނީ ކަނޑު ދަތުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ބޯކޮށް ވާރޭވެހި ކަނޑުތައް ވެސް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައުވެ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވުމާ ގުޅިގެން މެޓް އިން ވަނީ ކ އަތޮޅުން  ފެށިގެން އދ އަތޮޅާ ހަމައަށް އޮރެންޖް އެލާޓްވެސް މިއަދު ނެރިފައެވެ.

Advertisement
Ooredoo — Square (box)

މިއަދު ހެނދުނު 11 ޖަހާކަންހާއިރު ބޯކޮށް ވާރޭ ވެހެން ފެށިއިރު، މާލޭގެ އެކި ސަރަހައްދުތަކުގައި ހިނގާ ބިނގާވެ އުޅެން ދަތިވާ ވަރަށް މިހާރު ވަނީ ފެންބޮޑުވެފަ އެވެ. އަދި ފެން ބޮޑުވުމުގެ ސަބަބުން ފެން ހިންދަން އެމްއެންޑީއެފުން މާލޭގެ މަގުތަކުގައި ހަރަކާތްތެރިވަމުން އެބަދެ އެވެ. އަދި ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އެހީވާން ފުލުހުންވެސް ދަނީ މާލޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންނެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި 9 ރަށަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވެ އެވެ. އެންމެ ބޮޑަށް ފެނުގެ އަސަރުކޮށްފައިވަނީ ހއ އަތޮޅުގެ ރަށްތަކަށެވެ. ކައުންސިލު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ހއ. ހޯރަފުއްޓަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް