Wednesday, 4 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

އަނެއްކާވެސް އިޓަލީގެ އަސްކަރީ ބޯޓުތަކެއް ރާއްޖެ، މި ފަހަަރު 13 ބޯޓް

އަނެއްކާވެސް އިޓަލީގެ އަސްކަރީ ބޯޓުތަކެއް ރާއްޖެ، މި ފަހަަރު 13 ބޯޓް

އިޓަލީގެ އަސްކަރީ 13 ބޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މިއަދު ޖައްސައިފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން އެ ބޯޓުތައް ރާއްޖެ އައިސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އޭގެ ތެރޭގައި 7 ޖެޓް ހިމެނެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ އެއީ ނަގަން ޖެހޭ ހުއްދަތައް ނަގައިގެން އައި އަސްކަރީ ބޯޓުތަކެއް ކަމަށެވެ.

Advertisement
Ooredoo — Square (box)

"ޓެކްނިކް ސްޓޮޕް އޯވާ އަކަށް އައި ޖެޓުތަކެއް" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

https://twitter.com/HKurusee/status/1823614176561872900

ނަން ހާމަނުކުރަން ޝަރުތުކޮށް މި ނޫހާ ވާހަަކަ ދެއްކި އެއާޕޯޓުގެ އިސް އޮފިޝަލަކު ވިދާޅުވީ އެ އުޅަނދުތައް ވީއައިއޭ އަށް ޖެއްސީ ރީފިލް ކުރުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އެ ޖެޓްތައް ރާއްޖެއިން ފުރާނީ މެލޭޝިޔާ އަށް ކަމަށެވެ. ފުރާނެ ވަގުތެއް ނޭނގޭ އެވެ.

ދާދި ފަހުންވެސް އިޓަލީގެ އަސްކަރީ އުޅަނދުތަކެއް ރާއްޖޭގައި ޖެއްސި އެވެ. އެ ފަަހަރު އައީ އަސްކަރީ 4 ބޯޓެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް