Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

އިންޑިއާގެ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވައިފި އެވެ.

ރައީސް މުއިއްޒު ތަހުނިޔާ ފޮނުވާފައިވަނީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ރައީސް މުއިއްޒު އެ ތަހުނިޔާ ފޮނުވާފައިވަނީ އިންޑިއާގެ ރައީސް, ޑްރޫޕަދީ މުރުމޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށާއި އެ ގައުމުގެ ރައްޔިތުންނަށެވެ.

Advertisement
HDC — Sidebar (box)

ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ރަހުމަތްތެރިކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އެ ގުޅުމަކީ ރާއްޖެއާއި މި ސަރަހައްދުގެ ކުރިއެރުމަށް ތަރައްގީވެފައިވާ ގުޅުމެއް ކަމަށެވެ.

ރައީސް ވިދާޅުވީ މުސްތަގުބަލުގައި ދެ ގައުމުގެ ބައިވެރިވުން އިތުރަށް ވަރުގަދަވެ، ދެ ފަރާތަށް ފައިދާވާ ގޮތަށް ކުރިއަރައި އަދި އެކުގައި ހިއްސާކުރާ ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

މިއަދު ފާހަގަކުރަމުން ދަނީ އިންޑިއާގެ 77 ވަނަ މިނިވަން ދުވަހެވެ.

މިދިޔަ ރިޔާސީ ދައުރުގައި، މިހާރު ސަރުކާރު ހިންގާ ޕީއެންސީން ހިންގި "އިންޑިއާ އައުޓް" ކެމްޕެއިނާ ގުޅިގެން އިންޑިއާއާ ރާއްޖޭގެ ގުޅުން ހީނަރުވި އެވެ. އެހެން ނަމަވެސް ވެރިކަމާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ގެންދަވަނީ އެ ގުޅުން ވަރުގަދަ ކުރައްވަމުންނެވެ.

މޯދީ ބޮޑުވަޒީރުގެ 3 ވަނަ ދައުރު ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި އެވެ.

ރާއްޖެ-އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދާދި ފަހުން އެ ގައުމުގެ ފޮރިން އެފެއާސް މިނިސްޓަރު ޑރ އެސް ޖައިޝަންކަރު ވަނީ ރާއްޖެއަށް ރަސްމީ ދަތުރެއް ކުރައްވާފަ އެވެ.

އެ ދަތުރުގައި ޖައިޝަންކަރުއާ އެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއާއެކު އޮތް ޒަމާންވީ އެކުވެރި ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކަމޭހިތުމުގެ މައްޗަށް ބިނާވެފައިއޮތް ބަދަހިވަމުންދާ އެކުވެރި ގުޅުމެއް ކަމަށެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖެ އާއި އިންޑިއާއާ ދެމެދުގައި އޮތް ތާރީހީ ގުޅުން އިތުރަށް ބަދަހިކޮށް، އާ އުސްމިންތަކަކަށް ވާސިލުވުމަށްޓަކައި، މި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް