ޚަބަރު ރައްޔިތުންގެ މަޖިލިސް

މަޝްރޫއުތަކުގެ ކޮންޓްރެކްޓަރު ބަދަލު ކުރާއިރު އުފުލަން ޖެހޭ ބުރައަކަށް މިނިސްޓަރު ނުބަލާ: ޝަމްހީދު

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު/ ފޮޓޯ: މަޖިލީސް

ސަރުކާރުގެ މަޝްރޫއުތަކުގެ ކޮންޓްރެކްޓަރު ބަދަލު ކުރާއިރު އުފުލަން ޖެހޭ ބުރައަކަށް މިނިސްޓަރުން ނުބައްލަވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ޑރ. އަހްމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެ އެވެ.

Ads by MWSC

ޝަމްހީދު މިހެން ވިދާޅުވެފައި ވަނީ އަންގާރަ ދުވަހު ރައްޔިތުންގެ މަޖިލިހުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވަ އެވެ.

މުއްތޮލިބު ވިދާޅުވީ 20 ރަށުގެ ނަރުދަމާ މަޝްރޫއުގެ މަސައްކަތް ކުރަމުން އައީ ފެނަކައިން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރު ހަވާލުވުމަށް ފަހު، އެ ހުރިހާ މަޝްރޫއެއްގެ އެގްރިމެންޓުތައް ބާތިލު ކޮށްފައިވާ ކަމަށެވް ވިދާޅުވި އެވެ. އަދި އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮމިޓީގައި ޝަމްހީދު ވިދާޅުވީ މަޝްރޫއުތަކުގެ އަންދާޒާކުރާ އަގެއްގެ ގޮތުގައި ވިދާޅުވި ކަމަށް ގަބޫލު ކުރެވެނީ ބިލިއަނެއްހާ ރުފިޔާ ކަމަށާއި އެއީ ވަރަށް ބޮޑު ހަރަދެއް ކަމަށެވެ. އާންމު 20 ރަށުގެ ނަރުދަމާއަށް ބަލާ ނަމަ، އާންމު ބަޖެޓަށް ވުރެ ވެސް އެ އަދަދު ބޮޑު ކަމަށް ވިދާޅުވި އެވެ. އޭނާ ފާޅުކުރެއްވީ ފެނަކައިން އެ މަޝްރޫއުތަކަށް ހަރަދުކޮށްފައި ވަނީ ކިހާ ފައިސާއެއްކަން ނޭނގޭ ކަމުގެ ކަންބޮޑުވުމެވެ.

"އަޅުގަނޑުގެ ކަންބޮޑުވުމަކީ މިނިސްޓަރުން މިފަދަ ޑިސިޝަން ނަންގަވާއިރު ނުބަލާ ދެން މި ބާތިލުކުރީމާ، ދެން ދައުލަތުން ކިހާވަރެއްގެ ބުރައެއްތޯ އުފުލަން ޖެހެނީ،" ޝަމްހީދު ވިދާޅުވި އެވެ.

ފެނާއި ނަރުދަމާގެ މި މަޝްރޫއުތައް ބާތިލު ކުރުމަށް ފަހު، މަޝްރޫއުތައް އަލުން ކުރިއަށް ގެންދަން ބަލާއިރު، އެއް ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިކަން ޝަމްހީދު ފާހަގަކުރެއްވި އެވެ. ވިދާޅުވި ގޮތުގައި މިކަން ބަލަން ޖެހެ އެވެ.

މިނިސްޓަރުގެ މި ނިންމެވުމުން ވާނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބުނަން ނޭނގޭ ކަމަށް ވިދާޅުވި އެވެ. އެހެންނަމަވެސް، ކޮންޓްރެކްޓްތައް ބާތިލު ކުރުމަށް ފަހު، އަލުން މަސައްކަތްތައް ކުރަން ބަލާއިރު، އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭނެކަން ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރުކަން ކުރެއްވި ޝަމްހީދު ފާހަގަ ކުރެއްވި އެވެ.

"އަލުން ފެށުމަށް ވުރެ ބޮޑު ހަރަދެއް ދޭ އެބަ ބާތިލުކޮށްފައި އެމްޑަބްލިއުއެސްސީ އާ ހަވާލު ކުރީމާ. އެހެންވީމާ މިވެސް ހަމަ ރައްޔިތުންގެ ފައިސާ އިނގޭތޯ،" ޝަމްހީދު ވިދާޅުވި އެވެ.

މަޝްރޫއުތަކަށް އެއް ބިލިއަން ހަރަދުކޮށްފައި ނެތްކަން ބުނެދޭން ނޭނގޭކަން ފާހަގަކުރައްވާ ވިދާޅުވެފައި ވަނީ އެކަން އެހެން ހިނގާފައިވާ ނަމަ ދެ ބިލިއަނާ ގާތަށް ވެސް ކުރާ ހޭދަ ގޮސްދާނެ ކަމަށެވެ.

ޝަމްހީދު ވިދާޅުވީ ކޮންޓްރެކްޓްތައް ބާތިލުކޮށް، މަސައްކަތް ހަވާލު ކުރުމަކީ ގާނޫނީ ގޮތުން ކުށަކަށް ނުވި ނަމަވެސް ފައިސާ އިސްރާފުވުމަކީ ބަލަން ޖެހޭ ކަމެއް ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!