Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެމްޑީޕީގެ އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އޯކޭ ޒާހިރު ނިޔާވެއްޖެ

އެމްޑީޕީގެ އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އޯކޭ ޒާހިރު ނިޔާވެއްޖެ

އެމްޑީޕީއިން އިސްވެ ކުރިއަށް ގެންދިޔަ އިސްލާހީ ހަރަކާތްތަކުގައި އިސްކޮށް ހަރަކާތްތެރިވި މުހައްމަދު ޒާހިރު (އޯކޭ ޒާހިރު) ނިޔާވެއްޖެ އެވެ.

ޒާހިރު ނިޔާވެފައިވަނީ ސްރީލަންކާގެ އާސިރީ ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ރޭ ފަތިހު 4:30 ހާއިރު އެވެ.

އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ޒާހިރު ވަނީ އެމްޑީޕީގެ ފޮނަދޫ ދާއިރާގެ ރައީސްކަންވެސް ކުރައްވާފަ އެވެ. އޭގެ އިތުރުން 2008 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒާހިރު ވަނީ ތިލަފުށީ ކޯޕަރޭޝަންގެ ބޯޑު މެންބަރުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

Advertisement
Ooredoo — Square (box)

ޒާހިރަކީ ތަފާތު އެކި އުފެއްދުންތައް އުފައްދައިގެން އޭގެ ވިޔަފާރި ކުރެއްވި ވިޔަފާރިވެރިއެއްވެސް މެ އެވެ. އޭގެ އިތުރުން މަހުގެ ބާވަތްތަކާއި ހުއިފިލަނޑާ އެކްސްޕޯޓް ކުރެއްވި ބޭފުޅެއްވެސްމެ އެވެ.

އެގޮތުން 1993 ވަނަ އަހަރު އިގުތިސާދީ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން،ހިތްވަރު ދިނުމުގެ ގައުމީ އިނާމު ޒާހިރަށް ވަނީ ދީފަ އެވެ.

އުމުުރުން 76 އަހަރުގެ ޒާހިރު ނިޔާވިއިރު އޭނާގެ އަންބަކާއި ނުވަ ދަރިން އެބަ ތިއްބެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް