Wednesday, 4 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަސްތުވާތަކެތި ބޭނުންކުރި ނަރުސް ސަސްޕެންޑްކޮށްފި

މަސްތުވާތަކެތި ބޭނުންކުރި ނަރުސް ސަސްޕެންޑްކޮށްފި

މަސްތުވާތަކެތީގެ މައްސަލާގައި ތުހުމަތުކުރެވޭ އެ ހޮސްޕިޓަލުގެ ދިވެހި އަންހެން ނަރުސް ސަސްޕެންޑްކޮށްފައިވާ ކަމަށް އައިޖީއެމް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އައިޖީއެމްޗުން އިސްވެ ހުށަހަޅައިގެން ނަރުހަކު މަސްތުވާތަކެތި ބޭނުންކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުން ދަނީ ބަލަމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ މައްސަލާގެ ތުހުމަތުކުރެވޭ ވާޑް އިންޗާޖުގެ ވަޒީފާ މަސްއޫލިއްޔަތުން އެކަހެރި ކޮށްފައިވާ ކަމަށެވެ.

Advertisement
Allied — Dhen Online (box)

"އަދި އެ މުވައްޒަފު މިހާރު ވާނީ ސަސްޕެންޑްކުރެވިފައި" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. މައުލޫމާތު ލިިބިފައިވާ ގޮތުން ނަރުހަށް ތުހުމަތު ކުރެވެނީ ޑިއުޓީގައި ޑްރަގް ބޭނުން ކުރުމެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް