ޚަބަރު

މީހަކު ހައްޔަރުކުރުމުގެ ތެރޭގައި އަނިޔާވި މައްސަަލައެއް

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ފުލުހުން ރަޔަޓް ގިޔަރުގައި/ ފޮޓޯ: ދެން

ތ. ވޭމަންޑޫގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ހައްޔަރު ކުރުމުގެ ތެރޭގައި ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަަލައެއް ހޫނުވެއްޖެ އެވެ.

Ads by MWSC

އެ މީހާއަށް ފުުލުހުންގެ ފަރާތުން އަނިޔާ ލިބިފައިވާ ކަމަށް ބުނެ މިރޭ އެ ރަށު ޕޮލިސް ސްޓޭޝަން ސަރަހައްދަށް ބަޔަކު އެއްވެ އަޑު އުފުލަމުންދާ ވީޑިއޯއެއް ފޭސްބުކް ގައި ދަނީ ދައުރުވަމުންނެވެ.

އެއްވި މީހުން ބުނަނީ އަމުރަށް ނުކިޔަމަންތެރިވިޔަސް މީހަކަށް އަނިޔާކުރުމުގެ ހައްގެއް ފުލުހުންނަށް ލިބިގެންނުވާ ކަމަށެވެ.

"ތަޅާ އަނިޔާ ކުރެވޭނެ ގޮތެއް ނޯންނާނެ އަމުރަށް ނުކިޔަމަންތެރިވާ މީހެއްގެ ގައިގާވެސް. ތަޅާ އަނިޔާ އެއް ނުކުރެވޭނެ ކަލޭމެންނަކަށް."

އެ މީހުން ހުއްޓުވަން ފުލުހުން މަސައްކަތް ކުރި އެވެ. އެތަނަށް އެއްވި މީހަކު ބުނީ އަޑު އުފުލުމަކީ ގާނޫނީ ކުށަކަށް ނުވާއިރު އެ ހައްގު އެ މީހުންނަށްވެސް ލިބޭ ކަމަށެވެ.

އެހެން މީހަކު ބުނީ ތުހުމަތުކުރެވޭ މީހާ ޖިޕަށް އެރުވުމުގެ ތެރޭގައި ފުލުހުން އެމީހާ ކަރުގައި ހިފި ކަމަށެވެ. އެމީހާ އަނގަމަތީގައި ފުލުސް އޮފިސަރަކު ޖެހި ކަމަށްވެސް އެ މީހުން ތުހުމަތު ކުރެ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ތެރޭގައި އެ މީހާގެ ނޭފަތަށް އަނިޔާވެފައިވެ އެވެ.

  1. ޒަރީރު

    ނުކިޔަމަންތެރިކަން ދެއްކުމުން އަނިޔާ ލިބެނީއެވެ. މިކަމުން ދޭހަވަނީ ރައްޔިތުންނާ ގޭންގްތަކާ ގުޅުން އޮތްވަރެވެ.

  2. އައުމަދު

    ވޭމަންޑޫ މިއޮތީ ވަރަށް ބޮޑަށް ހަލާކުވެފަ