Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

އޭއައި ކިޔަވައިދޭން މުގައްރަރުގައި ހިމަނަން ޖެހޭ: މާރިޔާ

އޭއައި ކިޔަވައިދޭން މުގައްރަރުގައި ހިމަނަން ޖެހޭ: މާރިޔާ
އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތައް ތައުލީމީ ދާއިރާގައި ބޭނުން ކުރަމުންދާއިރު، އެކަން ކުރަމުން އަންނަނީ ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)  ލިޓްރެސީ ފަދަ މާއްދާތައް ތައުލީމީ މުގައްރަރުގައި ހިމަނަން ޖެހޭ ކަމަށް ހަޔަ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވެފައި ވަނީ ބެއިޖިން ނޯމަލް ޔުނިވާސިޓީގެ ދައުވަތަކަށް ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި "ގްލޯބަލް އެޑިޔުކޭޝަން ކޮންފެރެންސް 2024" ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގަ އެވެ. ވިދާޅުވީ އޭއައި އަދި އެފަދަ އެހެނިހެން ޓެކްނޮލޮޖީތައް ތައުލީމީ ދާއިރާގައި ބޭނުން ކުރަމުންދާއިރު ސަމާލުވާން ޖެހޭ ބައިވަރު ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދަރިވަރުންނާއި މުދައްރިސުން މިފަދަ ވަސީލަތްތައް ބޭނުން ކުރަމުން ދަނީ ވިސްނުންތެރިކަމާއި ޒިންމާދާރު ގޮތެއްގައިކަން ކަށަވަރު ކުރުމަށް އޭއައި ލިޓްރެސީ ފަދަ މާއްދާތައް މުގައްރަރުގައި ހިމަނަން ޖެހޭ ކަމަށެވެ.
"އަމާޒަކީ ޓެކްނޮލޮޖީގެ ވަސީލަތްތައް މެދުވެރިކޮށް، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުސަތު ލިބިގެންދާ ތައުލީމީ ނިޒާމެއް ގާއިމުކޮށް، ދިވެހިރާއްޖޭގެ ރަށްތަކަކީ ޓެކްނޮލޮޖީގެ ޒަރިއްޔާއިން ގުޅި ލާމެހިފައިވާ ތައުލީމީ ތަނަކަށް ހެދުން،" މާރިޔާ ވިދާޅުވި އެވެ.
ތައުލީމީ ދާއިރާގައި ޓެކްނޮލޮޖީ ބޭނުން ކުރާއިރު ޓެކްނޮލޮޖީ އާ ގުޅޭ އުސޫލުތަކާއި ގަވާއިދުތައް އުފައްދައި، އެ ގަވާއިދުތައް ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ. ޓެކްނޮލޮޖީގެ ސަބަބުން އާންމުންނަށް ލިބިދާނެ ގެއްލުންތަކުން ހިމާޔަތް ހޯދައިދިނުމުގެ މުހިންމުކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭއަކީ ކުދި ކުދި ރަށްތަކަކުން އުފެދިފައިވާ ގައުމަކަށް ވީއިރު، ހުރިހާ ކަންކޮޅުތަކެއްގައި އެއް ފެންވަރެއްގެ ވަސީލަތްތައް ބޭނުންކޮށް، ތައުލީމު ފޯރުކޮށްދިނުމުގައި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމުގަ އެވެ. އެހެން ނަމަވެސް، އެފަދަ ގޮންޖެހުންތަކުން އަރައިގަނެ، "ސްމާޓް އެޑިޔުކޭޝަން" ނުވަތަ ޓެކްނޮލޮޖީ ބޭނުންކޮށް، ތައުލީމު ފޯރުކޮށްދިނުމުގެ ފުރުސަތުތައް ހޯދަން ޖެހޭ ކަމުގަ އެވެ. އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން ކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުން ދުރާލައިރާވައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުމާއި މަތީ ތައުލީމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށް، އޮންލައިންކޮށް ތައުލީމު ފޯރުކޮށްދިނުމަކީ ރާއްޖެއަށް ބޭނުންވެފައިވާ ކަމެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ. ޗައިނާގެ "ބެއިޖިން ނޯމަލް ޔުނިވާސިޓީ"ގެ ދައުވަތަކަށް މިނިސްޓަރު ޗައިނާއަށް ފުރާވަޑައިގެންނެވީ މިދިޔަ ހުކުރު ދުވަހު އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް