ޚަބަރު ސަރުކާރު

ރަސްމީ ދަތުރުފުޅެއްގައި ޒަމީރުއާ ގަވަރުނަރު ސައުދީއަށް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޕްރިންސް ފައިސަލް ބިން ފަރްހާން އަލް ސަޢުދުގެ ދައުވަތަކަށް ހާރިޖީ ވަޒީރު މޫސާ ޒަމީރު، ސައުދީ އަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފި އެވެ.

Ads by Hajj Corporation

ޒަމީރުގެ މި ދަތުރުފުޅުގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު ހިޒް ރޯޔަލް ހައިނަސް ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢުދަށް އެޑްރެސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވާ ސިޓީފުޅެއް ވަޒީރު ރައްދުކުރައްވާނެ އެވެ.

މީގެ އިތުރުން، ސައުދީ ޢަރަބިއްޔާގެ ހާރިޖީ ވަޒީރާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނާއި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މި އަހަރަކީ، ދިވެހިރާއްޖެއާއި ސައުދީ އަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރެވުނުތާ 43 އަހަރު ފުރޭ އަހަރެވެ.

މިދަތުރުފުޅުގައި، ވަޒީރު ސައުދީ އަރަބިއްޔާގެ ސަރުކާރުގެ އެހެނިހެން އިސް ވެރިންނާއި ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓާ ބައްދަލުކުރެއްވުމުގެ އިތުރުން، ރިޔާދުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މި ހިނގާ އޮގަސްޓް މަހުގެ 18 އިން 22 އަށް ކުރައްވާ މި ދަތުރުފުޅުގައި ޒަމީރުގެ އަރިހުގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު، ހާރިޖީ ވުޒާރާގެ އެމްބެސެޑަރ އެޓް ލާޖް އަޙްމަދު ނަސީރު، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓަޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދު، އަދި ހާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ ބަދުރާ ސަޢީދާއި ޑިރެކްޓަރ ޖެނެރަލް ޢާއިޝަތު ފަރީނާ ބައިވެރިވެވަޑައިގަންނަވަ އެވެ.

Ads by Ooredoo
  1. ސައްލޭ

    ސަލާން ޖަހަނީ