ޚަބަރު

ކޮވިޑް-19: 61 ދިވެހިންނާއެކު ރާއްޖެއިން މިއަދު ފައްސިވީ 83 މީހުން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
ފޮޓޯ: އަވަސް

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން ކޮވިޑް-19 އަށް 83 މީހުން ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ) އިން މިހާރު ކުރިއަށް ގެންދާ ނޫސް ކޮންފަރެންސްގައި ބުނެފައިވަނީ، އިއްޔެގެ އިރުއޮއްސި 18:00 މިއަދުގެ އިރުއޮއްސި 18:00 އަށް ރާއްޖެއިން ކޮވިޑަށް ފައްސިވެފައިވަނީ 83 މީހުން ކަމަށާއި އޭގެ ތެރޭގައި 61 ދިވެހިން ހިމެނޭއިރު 22 ބިދޭސީން ވެސް ހިމެނޭ ކަމަަށެވެ.

މިރޭގެ ސާވަލެންސް އަދާހަމަ ދެއްވަމުން ޑރ. އިބްރާހިމް އަފްސަލް ވިދާޅުވީ މިހާރު ރާއްޖޭގައި މިބައްޔަށް ފައްސިވީ މީހުންގެ އަދަދު ވަނީ 8،667 އަށް އަރާފައި ކަމަށެވެ.

މިއަދު ފައްސިވީ 83 މީހުންގެ ތެރޭގައި ހިމެނެނީ 61 ދިވެހީންނާއި، 20 ބަންގްލަދޭޝް ރައްޔިތުންގެ އިތުރުން އިންޑިއާ މީހަކާއި ނޭޕާލް މީހެއް ކަމަށެވެ.

މިހާތަނަށް މިބަލިން ރާއްޖެއިން ޖުމްލަ 6،052 މީހަކު ވަނީ މިބަލިން ފަސޭހަ ވެފައެވެ. އަދި 29 މީހަކު މިބަލީގައި ރާއްޖެއިން ނިޔާވެފައިވެއެވެ.

މިއަދު ފައްސިވީ 83 މީހުންގެ ތެރެއިން އެކަކު ފިޔަވާ ދެންތިބި މީހުން ފައްސިވެފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުންނެވެ.

މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި 1،118 މީހުން ބައްޔަށް ފަރުވާ ހޯދަމުން ދާއިރު 142 މީހަކު ހޮސްޕިޓަލުތަކުގައި ފަރުވާ ހޯދަމުން އެބަދެއެވެ.
ކޮވިޑް ބަލި ރާއްޖޭގައި ފެތުރުން މަދުވާން ފަށާނެ ކަމަށް އެޗްޕީއޭއިން އަންދާޒާ ކޮށްފައިވަނީ މިމަހުގެ ފަހުކޮޅުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!