Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

މަގުމަތިން ދެ މީހަކު ހުއްޓުވައި ޑްރަގް ހޯދައިފި

މަގުމަތިން ދެ މީހަކު ހުއްޓުވައި ޑްރަގް ހޯދައިފި
މާލޭގެ މަގުމަތިން ސައިކަލެއްގައި ދިޔަ ދެ މީހަކު ހުއްޓުވައި މަސްތުވާތަކެތި ހޯދައިފި އެވެ. ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ މީހުން ރޭ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ކަމަށެވެ. މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ:
  • ޏ. ފުވައްމުލައް، ދަނޑިމަގު، ވައިގެ - މުޙްސިން މުޙައްމަދު (30އ)
  • ގއ. މާމެންދޫ، މޫނިމާގެ - ނަޒީހް ޝަރީފް (27އ)
"މާލޭ މަގުމަތިން ސައިކަލެއްގައި ދަނިކޮށް، މި ދެ މީހުންނާ މެދު ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވޭ،" ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނީ އެ ތަކެތީގެ ބަރުދަނުގައި 69 ގްރާމް ހުރި ކަމަށެވެ. މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ. މައްސަލަ އާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން ވަނީ އަމުރުކޮށްފަ އެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް