Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
އިޖުތިމާޢީ

ނޫމަޑީގައި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލެއް ނުކުރަން: ސީޕީ

ނޫމަޑީގައި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލެއް ނުކުރަން: ސީޕީ
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ނުހައްގުން ބާތިލުކުރި ވިޔަފާރި އެއްބަސްވުންތަކާ ގުޅިގެން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސްއަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު މައްސަލާގައި ކުރީގެ ހައުސިން މިނިސްޓަރު، ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރެއްވި ކަމަށް ދެކެވޭ ވާހަކަ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ދޮގުކޮށްފި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވާ އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ރޭ ބޭއްވި ބައްދަލުވުމުގައި ކުރީގެ ސީޕީ ހުސެއިން ވަހީދު ވިދާޅުވީ ނޫމަޑީގެ މައްސަލައިގެ 300 ހައުސިން ޔުނިޓުގެ މައްސަލާގައި އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ފުރަތަމަ ގުޅުއްވީ އޭނާއަށް ކަމަށެވެ. "އަޅުގަނޑު ދިޔައީ މިހާރުގެ ކޮމިޝަނާ (ޝުޖާއު) ގޮވައިގެން އެ ބޭފުޅާ (މުއިއްޒު) އާ ބައްދަލުކުރަން،" ހުސައިން ވަހީދު ވިދާޅުވި އެވެ. އެ މައްސަލަ އާ ގުޅިގެން ސީޕީ މިއަދު އާއްމުކުރެއްވި ކުރު ބަޔާނެއްގައި ވިދާޅުވީ ހުސެއިން ވަހީދު ދެއްކެވީ "ހަގީގަތާ ހިލާފު، އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށެވެ،" 
"ނޫމަޑި މައްސަލާގައި ރައީސް މުއިއްޒުއާ ބައްދަލުކުރަން އަޅުގަނޑު ދިޔަކަމަށް ވިދާޅުވެފައިވާ ވާހަކަ އަކީ ހަގީގަތާ ހިލާފު އެއްވެސް އަސާސެއް ނެތް ވާހަކަ އެއް"
އެ މައްސަލަ އާ ގުޅޭގޮތުން އެއްވެސް ފަރާތަކާ އެއްވެސް ހައިސިއްޔަތަކުން ބައްދަލުކޮށްފައި ނުވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް