Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފި

މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް ލަފާކޮށްފި

ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ވިލާގަނޑުގައި އާދަޔާ ހިލާފަށް ވައިގަދަވާނެ ކަމަށާއި އެކަމަކު މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާނެ ކަމަށް މޯލްޑިވްސް މީޓިރޮލޮޖިކަލް ސެންޓާ (މެޓް) އިން މިއަދު ބުނެފި އެވެ.

"ދެން އޮންލައިން" އަށް މައުލޫމާތު ދެމުން މެޓުން ބުނީ ރާއްޖޭގެ އެކި ހިސާބުތަކަށް މާދަމާ އިން ފެށިގެން މޫސުން ރަނގަޅުވާކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ވިލާގަނޑުގައި 40 މޭލާއި 45 މޭލާ ދެމުދުގެ ބާރު މިނެއްގައި ވައި ގަދަވާނެ ކަމަށް ވެސް މެޓުން ބުންޏެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން މިއަދު ވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅަށް ވައިޓް އެލާޓް ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށްވެސް ލަފާކޮށްފައި ވެއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން މެޓުން ބުނީ ވައިގަދަވާ ވަގުތުގައި ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

ރާއްޖޭގެ ސަރަހައްދުތަކަށް ވިލާ އިތުރުވާނެ ކަމަށް، މެޓް އިން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި މެދު ރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް ވައި މަޑުވާނެކަމަށް މެޓުން ލަފާކޮށްފައިވަނީ ހޯމަ ދުވަސް ފަހުން އެވެ. އަދި ރާއްޖޭގެ ދެކުނަށް ވައި މަޑު ވާނެކަމަށް މެޓުން ލަފާކޮށްފައިވަނީ އާދިއްތަ ދުވަހުގެ ފަހުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް