Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހއ އިން ށ އަށް އޮރެންޖު އެލާޓް

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހއ އިން ށ އަށް އޮރެންޖު  އެލާޓް

ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ށ އަތޮޅަށް މޯލްޑިވްސް މީޓިއަރޮލޮޖީ ސެންޓަރު (މެޓް) އިން އޮރެންޖު އެލާޓެއް ނެރެފި އެވެ.

މި އެލާޓް ނެރެފައިވަނީ މިރޭ 8:30 އިން 22:30 އާ ހަމަޔަށެވެ.

އެލާޓްގައިވާ ގޮތުން ހއ އިން ށ އަތޮޅަށް ވިއްސާރަކުރުމާ އެކު ގުގުރާނެ އެވެ.

Advertisement
Allied — Dhen Online (box)

އުތުރުގެ އަތޮޅުތަކަށް މިރޭ 8:15 އިން ދަންވަރު 1:00 އާ ހަމަޔަށް ޔެލޯ އެލާޓް ވަނީ ނެރެފަ އެވެ. އެ ސަރަހައްދަށް ބޯކޮށްވާރޭވެހުމާ އެކު ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

https://twitter.com/MetMaldives/status/1825910927822303516

އަދި އެ ސަރަހައްދަށް 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެ އެވެ.

ފާއިތުވި 24 ގަޑިއިރު މުޅި ރާއްޖެއަށްވެސް ވަރަށް މޫސުން ގޯހެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ބާރުގަދަވެފައިވާއިރު މި ފަހުން ކުރި ވިއްސާރާގައި 9 ވަރަށް ރަށުގައި ފެންބޮޑުވެ އެކި ގެއްލުންތައް ލިބުނުއިރު ވެރިރަށް މާލެއަށްވެސް ބޯކޮށް ވާރޭވެހުނެވެ.

މި ދުވަސްވަރު މޫސުން ގޯސްކޮށް އުޅޭތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ކަމާއި ބެހޭ އިދާރާތްތަކުން އިލްތިމާސްކުރެ އެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް