ޚަބަރު

ޝަމީމަށް ހަމަލާދިން މައްސަލައިގައި 7 މީހަކަށް ދައުވާކުރަން ފޮނުވައިފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ޕީޖީ ހުސެއިން ޝަމީމް

ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމަށް މަގުމަތިން ހަމަލާ ދިން މައްސަލާގައި 7 މީހަކަށް ދައުވާކުރަން ފޮނުވައިފި އެވެ.

Ads by Hajj Corporation

މީޑީއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގެ ތަހުގީގު ނިންމައި ދައުވާކުރުމަށް އެދި މިދިޔަ އާދިއްތަ ދުވަހު ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ޝަމީމަށް ހަމަލާ ދީފައިވަނީ ދަރިފުޅު ސްކޫލަށް ގެންގޮސް އެނބުރި ގެއަށް ވަޑައިގެންނެވި މަގުމަތީގައި، ގޭގެ ދޮރުމަތިންނެވެ. މަރުތޭލަކުން ދިން ހަމަލާގައި ޝަމީމްގެ ވައަތު މުލައްދަނޑީގެ ކަށިގަނޑެއްގައި ރެނދެއްލާފައި ވާތީ އޭޑީކޭ ހޮސްޕިޓަލުން ޕްލާސްޓަރުވެސް އެޅި އެވެ.

މި މައްސަލާގައި ހިމެނޭ 7 މީހުންވެސް ހައްޔަރުކޮށް, ބަންދުކޮށްފައިވެފައިވެ އެވެ.

ޝަމީމަށް ހަމަލާ ދިން ހާދިސާއަށްފަހު އޭނާގެ ސެކިއުރިޓީ ކަންކަން އެމްއެންޑީއެފުން ވަނީ އިތުރަށް ވަރުގަދަކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!