ޚަބަރު ޝަރުޢީ ދާއިރާ

ވަޅިން ބިރުދެއްކި އަންހެން މީހާ އިތުރު 10 ދުވަހަށް ބަންދުކޮށްފި

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން

މާލެ މަގުމަތީގައި މީހަކަށް ވަޅިން ބިރުދައްކައި ފޯނު ފޭރުނު އަންހެން މީހާގެ ބަންދުގެ މުއްދަތަށް 10 ދުވަސް އިތުރުކޮށްފި އެވެ.

Ads by Sosun Fihaara

މި މައްސަލައިގާ ބަންދު ކޮށްފައިވަނީ ގދ. ވާދޫ، ބުރުނިއާގެ ޝާނާ މުޙައްމަދު ޖުނައިދު (26އ) އެވެ.

ޝާނާ ބަންދު ކޮށްފައިވަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ފޭރުނު މައްސަލައިގެ ތަހުގީގަށެވެ. އޭނާ ކޯޓުގައި ވަނީ އެ ކުށަށް އިންކާރު ކޮށްފަ އެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ ކުށްކުރި ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެއްކާއި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. ހާދިސާ ހިނގި ތަނަށް ދިޔަ ފުލުހުންގެ ހާދިސާ ރިޕޯޓުގައިވާ ހެކިތަކަށް ކޯޓުން ވަނީ ރިއާޔަތް ކޮށްފަ އެވެ.

މީގެއިތުރުން އަމުރުގައިވަނީ އޭނާ ޖަލުގައި ބަހައްޓަން ޖެހެނީ އޭނާ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ދިމާވެދާނެތީ ކަމަށެވެ.

ޝާނާ ހައްޔަރު ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މާލޭ މަގުމަތިން ކަމަށް ފުލުހުން މީގެ ކުރިން ވަނީ ހާމަކޮށްފަ އެވެ.

މިހާރަކަށް އައިސް ވައްކަމާއި ފޭރުމުގެ އިތުރުން މާރާމާރީގެ މައްސަލަތައް ވެސް މާލެ ސަރަހައްދުގައި ވަނީ އިތުރުވެފަ އެވެ.

Ads by Allied Insurance
  1. ޝާހިނު

    ތިކުއްޖާއަކީ ވާދޫގެ ރަގިސްތްރީގަ އޮތްނަމަވެސް ވާދޫގަ އުޅޭ ކުއްޖެށްނޫން ޢޭނަ ވިހޭސްސުރެ އޫޅެނީ ކުއްޖާގެ މަނަމަ ކައިރީގަ ގއ.ގެމަނަފުށީގަ އެއްމެފަހަރަކު އޭނަ ވާދުއައްދިޔައީ އެފަހަރު އޭނަ ވާދުގަ ހުރިއިރުވެސް ޢނަގެ އުޅުން ގޯސްކަމުން އޭނަގެ ބައްޕަ އޭނަގެ ބައްޕަ ޖުނެއިދު އޭނަގެ މަންމަ ކައރިއައް ފޮނުވާލީ އޭގެ ފަހުން ވާދުއަކައް އޭނަ ނުދޭ

  2. ޘާނާ

    ތިޔަ ކުުއްޖާގެ އާއިލާއާ ހަވާލުކުރަން ފެނޭ

  3. އިބިލީސް

    އޭނަ ނުޖެހޭނެ ވަޅިއެއް ބޭނުން ކޮއްގެން ބިރުދައްކާކައް 🙂