ކާޑު ލިމިޓަށް ބަދަލު ގެނައީ އިތުރު ގޮތެއް ނެތިގެން, ނޮވެންބަރު މަހާ ހަމައަށް ހާލަތު ރަނގަޅުވާނެ: އަޒާން
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޑޮލަރު މުއާމަލާތްތަކަށް ގެނައި ބަދަލުގައި، އިތުރު ގޮތެއް އޮތްނަމަ ސަރުކާރުން މިގޮތަށް ކަންތައް ނުކުރާނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގް ވިދާޅުވެއްޖެއެވެ.
ބީއެމްއެލްއިން މިއަދު ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން އަޒާން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބީއެމްއެލްއިން ޑޮލަރު މުއާމަލާތްތައް ވަގުތީގޮތުން މެދުކަނޑާލީ ބޭންކަށް ޑޮލަރު ނުލިބޭތީ ކަމަށާއި ނުލިބޭ އެއްޗެއް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ.
"މިކަމުގެ ދަތިކަން އެތައް ބަޔަކަށް ކުރިމަތިވާނެ. އެކަމަކު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ މި ނޫން އޮޕްޝަނެއް އޮތްނަމަ ބޭންކުގެ މައި ހިއްސާދާރުކަމަށްވާ ސަރުކާރުން މިކަން މިގޮތަށް ނުކުރާނެކަން." އަޒާމް ވިދާޅުވިއެވެ.
ބޭންކަށް ޑޮލަރު ގަންނަނީ މަރުކަޒީ ބޭންކުންކަން ފާހަގަކޮށް އަޒާން ވިދާޅުވީ މަރުކަޒީ ބޭންކަށް ލިބޭ ޑޮލަރުުން ބޭރުގެ ދަރަނި ދެއްކުމާއި، ރާއްޖެއަށް ބޭނުންވާ ތެޔޮގަތުމުގެ އިތުރުން ބޭންކުތަކަށް ޑޮލަރު ދޫކުރަންޖެހޭ ކަމަށެވެ.
އޯގަސްޓު އަދިސެޕްޓެމްބަރު މަހަކީ ރެކޯޑު އަދަދަކަށް ބޭރުގެ ދަރަނި އަދާކުރަންޖެހޭ 2 މަސްކަން ފާހަގަކޮށް އަޒާން ވިދާޅުވީ ޑޮލަރުގެ ތާށިކަން ބޮޑުވި އެއް ސަބަބަކީ މިއީ ކަމަށެވެ. ލިމިޓެޑް އަދަދަކަށް ރިޒާވްގައި ޑޮލަރުހުރި އިރު, އެންމެ ބޮޑު އިސްކަމެއް ދެނީ ދަރަނި އަދާކުރުމަށާ ތެލަށް ފައިސާ ދެއްކުމަށްކަން އަޒާން ފާހަގަ ކުރެއްވިއެވެ. މީގެއިތުރުން ރާއްޖެއަށް ބޭނުންވާ އަސާސީ އެހެނިހެން ތަކެތި އެތެރެކުރުމަށް ވިޔަފާރިތަކަށް ޑޮލަރު ދޫކުރަނީވެސް ބޭންކުތަކުންކަން ފާހަގަކުރެއްވިއެވެ.
އަޒާން ވިދާޅުވީ ޑޮލަރުގެ ތާށިކަން މިހާ ބޮޑުއިރު މިހާރު ޑޮލަރު ބޭނުން ކުރަންޖެހޭނީ އެންމެ މުހިންމު ކަންތައްތަކަށް އިސްކަންދީގެން ކަމަށެވެ. އަދި މިއަހަރުގެ ނޮވެމްބަރުން ފަށައިގެން ޑޮލަރުގެ ރިޒާވް ރަނގަޅުވާން ފަށާނެ ކަމަށާއި މިހާލަތުން އަރައިގަނެ ޑޮލަރު މުއާމަލާތް ސަސްޕެންޑު ކުރެވިފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ބެލެވޭ ކަމަށް އަޒާން ވިދާޅުވިއެވެ.
މިކޮން ފކ ކިޔާ މީހެއްތަ..
އަޅުގަނޑުމެން ބޭންކް އޮފް މޯލްޑިވްސް ދޫކޮށްލަނީވެސް އިތުރު ގޮތެއް ނެތިގެން.. ޤައިމު މުއިޒު ވިދާޅުވީ “ޑޮލަރުގެ އަގު ނުދާނެ މައްޗަކަށް، ދަނީ ތިރިއަށް” × 2 ފަހަރު..
ޟިދެންކާކުތަ ޑޮލަރ ވަަހަކަ ދައްކަން
މީ ހަމަ ތަތްނުލަވާ ތަވައެއް