ޚަބަރު އިޖުތިމާޢީ

ބޭންކްގެ ނިންމުން އަނބުރާ ގެންގޮސްފި, ޑެބިޓް ކާޑުން 250 ޑޮލަރު, ކްރެޓިކް ކާޑުން 750 ޑޮލަރު ކެނޑޭނެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ބީއެމްއެލްގެ ޑޮލަރު ހިދުމަށް ކުރިން ދިން ގޮތަށް މިހާރު ލިބޭނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާޑު ލިމިޓަށް މިއަދު ގެނައި ބަދަލުތައް އުވާލައިފި އެވެ.

Ads by Sosun Fihaara

ބޭންކް އިން މިއަދު ހަވީރު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހެނދުނު ގެނައި ބަދަލުތައް އުވާލާފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިރުޝާދާ އެކުގައި ކަމަށެވެ.

އެއާއެކު, ކުރިން ވެސް ބޭންކް ކާޑުތަކުން ބޭނުން ކުރެވުނު ގޮތަށް, ޑެބިޓް ކާޑުތަކުން ބޭންކް ރޭޓްގައި 250 ޑޮލަރު ބޭނުން ކުރެވޭނެ އެވެ. އަދި ކްލާސިކް އަދި ގޯލްޑް ކާޑުތަކުން 750 ޑޮލަރު ބޭނުން ކުރެވޭނެ އެވެ. މީގެ އިތުރުން ޕްލެޓިނަމް ކާޑުތަކުން 1500 ޑޮލަރު، ސިގްނޭޗަރ ކާޑުތަކުން 3000 ޑޮލަރު ބޭނުން ކުރެވޭނެ އެވެ.

ބޭންކުން މިއަދު ހެނދުނު ބުނީ ކާޑުން ކުރެވޭ ބޭރުގެ މުއާމަލާތްތަކުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ނަމަވެސް ބޭންކަށް ގަންނަން ލިބޭ ބޭރު ފައިސާގެ އަދަދު އެއް ވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އެހެންވެ ކާޑުގެ ޕްރައިމަރީ އެކައުންޓުގެ ގޮތުގައި ރުފިޔާ އެކައުންޓެއް ކަނޑައަޅާފައިވާނަމަ ޑޮލަރުގެ ހިދުމަތް ނުދޭން އެ ބޭންކުން މިއަދު ހެނދުނު ނިންމި އެވެ. މިހާރު މި ނިންމުންވެސް ވަނީ ބަދަލުކޮށްފަ އެވެ.

މިއަދު ބޭންކުން ނިންމުން ނިންމުމާއިއެކު މުޅި ސޯޝަލް މީޑިއާގައި ވަނީ ބޭންކަށް ޕްރެޝަރުތަކަކާއި ކުރިމަތިވެފަ އެވެ. އެ ބޭންކުގެ ކޯލް ސެންޓަރަށް ބާރު ބޮޑުވެ ހިދުމަތަށްވެސް ބުރޫ އެރި އެވެ.

ސަރުކާރަށްވެސް ބޮޑެތި ފާޑުކިޔުންތަކެއް މީގެ ސަބަބުން އަމާޒުވި އެވެ. ހާއްސަކޮށް ރާއްޖެއިން ބޭރުގައި ތިބި ދަރިވަރުންނަށް ޑޮލަރު ލިބޭނެ ގޮތެއް ނެތި ހަރަދުތައް ހަމަޖައްސަން އުނދަގޫވުމުގެ ޝަކުވާތައް އިތުރުވި އެވެ.

ބޭންކުން މިއަދު ހެނދުނު 10:30 ހާއިރު ޑޮލަރުގެ ހިދުމަތަށް ގެނައި ބަދަލުތަކުގެ ސަބަބުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 23 ރުފިޔާއާއި ހަމައަށް އުފުލިފަ އެވެ. އޭގެ ކުރިން ޑޮލަރު ލިބެން ހުރީ 18 ރުފިޔާ އަށެވެ. ބީއެމްއެލްއިން ނިންމުން ބަދަލު ކުރުމުން ކަޅު ބާޒާރުގެ އަގުތަކަށްވެސް ބަދަލު އަންނާނެކަމަށް ބެލެވެ އެވެ.

Ads by HDC
  1. ާަަަަައާ

    ނިންމުނ ބަދަލުވީީ ކީއްވެބާ