Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ވިޔަފާރި

ފިސްކަލް ސްޓެރެޓެޖީގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި

ފިސްކަލް ސްޓެރެޓެޖީގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި

ފިނޭންސް މިނިސްޓްރީން އެކުލަވާލި ފިސްކަލް ސްޓެރެޓެޖީ ރިޕޯޓުގައި ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ހިމަނައިފި އެވެ.

ފިސްކަލް ސްޓެރެޓެޖީ ރިޕޯޓުގައި މުސާރަ ބޮޑުކުރަން ހިމެނި ނަމަވެސް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ބޭނުންވާ އެކަން ކުރުމަށް ބޭނުންވާ ފައިސާ ހިމަނާނެކަން އަދި ކަށަވަރެއް ނުވެ އެވެ.

ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަށް ފިސްކަލް ސްޓެރެޓެޖީގައި ހިމެނިއިރު، ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ 2026 ވަނަ އަހަރު ހާމަނައިޒް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

Advertisement
Ooredoo — Square (box)

މުވައްޒަފުންނަށް މުސާރަ ދިނުމަށް މި އަހަރުގެ ބަޖެޓުގައި 12 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެއީ ބަޖެޓުގެ 25 އިންސައްތަ އެވެ. ސިވިލް ސާވިސްގައި 30،165 މުވައްޒަފުން މަސައްކަތް ކުރަމުންދާއިރު، މި އަހަރުގެ ބަޖެޓުގައި މުސާރަ ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރު މުވައްޒަފުންގެ މުސާރަ ހާމަނައިޒް ކުރުމުގެ މަސައްކަތް ފަށާފައި ވަނީ 2022 ވަނަ އަހަރު އެވެ. މިހާތަނަށް ސަރުކާރު މުއައްސަސާތަކުގެ 46 އިންސައްތަ މީހުންގެ މުސާރައަށް ބަދަލު ގެނެސްފައިވެ އެވެ. އޭގެ ތެރޭގައި ފުލުހުންނާއި ސިފައިންނާއި ޓީޗަރުންގެ އިތުރުން ސިއްހީ ދާއިރާގައި ހަރަކާތްތެރިވާ މުވައްޒަފުން ހިމެނެ އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް