Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ސަރުކާރު

ހަރުކަށި ފިކުރުގެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ހޯދަން ދިރާސާއެއް ކުރަނީ

ހަރުކަށި ފިކުރުގެ މީހުންނާ މެދު އަޅާނެ ފިޔަވަޅުތައް ހޯދަން ދިރާސާއެއް ކުރަނީ

ހަރުކަށި ފިކުރުތަކާއި އެފަދަ ވިސްނުންތައް ގެންގުޅޭ މީހުންނާ މެދު އެޅިދާނެ ފިޔަވަޅުތައް ހިމެނޭ ގޮތަށް އިޖުތިމާއީ މައްސަލަތައް ހައްލުކުރުމާ ގުޅޭ ދިރާސާއެއް ހަދަން ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާ ނެޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) އެކު އެއްބަސްވުމެއްގައިު މިއަދު ސޮއިކޮށްފި އެވެ.

އެމްއެންޔޫގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ، ޑރ، އައިޝަތު ޝެހެނާޒް އާދަމެވެ. އަދި އެންސީޓީސީގެ ފަރާތުން ޑައިރެކްޓާ -ޖެނެރަލް، ވައިސް ވަހީދު ވަނީ މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވެ އެވެ.

ސަރުކާރުން ހިންގާ "ސަރުކާރު" ނޫސް ގައި ހަޔާއެޑިއުކޭޝަން މިނިސްޓްރީން ޝާއިރުކޮށްފައިވާ ހަބަރެއްގައި ބުނީ އެ އެއްބަސްވުމުގެ މައިގަނޑު މަގްސަދަކީ ދިވެހިރާއްޖެއަށް އަންނަ ސިޔާސީ ބަދަލުތަކުގެ ސަބަބުން ގައުމުގެ އިޖްތިމާއީ ހާލަތަށް އަންނަ ބަދަލުތަކާއި، ހަރުކަށި ފިކުރުތަކާއި އެފަދަ ވިސްނުން ގެންގުޅޭ މީހުންނާއި، ގައުމުގެ ސުލްހަ މަސަލަސްކަމާއި އަމާންކަން ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކޮށް، އެކަންކަން ހައްލުކުރަން އެޅޭނެ ފިޔަވަޅުތައް ބެލުމަށް ކަމަށެވެ.

Advertisement
Allied — Dhen Online (box)

އެމްއެންޔޫ އިން އަބަދުވެސް އަންނަނީ ތަފާތު އެކި ދާއިރާތަކުގެ އިލްމީ ބޭފުޅުންނާއި ތަޖުރިބާކާރު ބޭފުޅުންގެ އިތުރުން އެކި މުއައްސަސާތަކާއި ގުޅިގެން ދިވެހިރާއްޖެ އަށް ދިމާވާ ގޮންޖެހުންތަށް ހައްލުކުރުމާއި ގައުމުގެ ތަރައްގީއަށް އަމާޒުކޮށް އެތަށް ދިރާސާއެއް ކުރަމުންނެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް